މޯލްޑިވިއަނުން އިންޑިއާގެ ދިއްލީ އަށް ބާއްވާ ދަތުރުތައް ފަށާފައިވަނީ އިއްޔެ އެވެ.
މިއަދު ވަނީ ދިއްލީ އިން ރާއްޖެއަށް ފުރަތަމަ ފަލައިޓް ވެސް ދަތުރުކޮށްފައެވެ.
އިންޑިއާގެ ދިއްލީއަށް ދަތުރުތައް ފެށުމާއެކު އިންޑިއާގެ ފަސް މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރުތައް ކުރެއެވެ.
މޯލްޑިވިއަނުން މިހާރުވެސް އަންނަނީ، އިންޑިއާގެ ޗެންނާއީ އާއި ކޮޗިން އާއި މުމްބާއީގެ އިތުރުން ޓްރެވިންޑްރަމަށް ދަތުރުތައް ބާއްވަމުންނެވެ.
މީގެ އިތުރުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ވެސް ޝެޑިއުލް ފްލައިޓްތައް ބާއްވަމުންނެވެ.
އިންޑިއާއަށް ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަނުން މީގެ ކުރިން އެކުންފުނީގެ މުވައްޒަފުންގެ ރަށްޓެހިންނާއި އާއިލާތަކަށް 150 ޑޮލަރަށް ދިއްލީއަށް ދެވޭ އޮފާއެއްވެސް ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ.