މި މަހުގެ އަށްވަނަ ދުވަހު ލަންކާގައި ފެށޭ ފޯ ނޭޝަންސް މުބާރާތަކީ، ލަންކާގެ ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަގެ ދައުވަތަކަށް ކުޅޭ މުބާރާތެކެވެ.
މުބާރާތުގައި ވާދަކުރާ ހަތަރު ގައުމަކީ ރާއްޖެއާ ލަންކާގެ އިތުރުން ބަންގްލަދޭޝް އަދި ސީޝެލްސްއެވެ. ބަންގްލަދޭޝް ޓީމުވެސްވަނީ މިހާރު ލަންކާއަށް ގޮސްފައެވެ. ސީޝެލްސް ޓީމާ ބެހޭ މައުލޫމާތެއް ނުލިބެއެވެ.
މި މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ އަށްވަނަ ދުވަހު ލަންކާއާ ދެކޮޅަށެވެ. އޭގެ ފަހުން ނޮވެބްނަރު އެގާރަވަނަ ދުވަހު ބަންގްލަދޭޝްއާ ކުޅުމަށް ފަހު، ފަހު މެޗުގައި ރާއްޖެ މި މަހުގެ ސާދަވަނަ ދުވަހު ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ. މުބާރާތް ރާވާފައިވަނީ ހަތަރު ޓީމުން ކުރެ ކޮންމެ ޓީމެއްވެސް ކޮންމެ ޓީމަކާ މެޗެއް ކުޅުމަށް ފަހު އެންމެ މޮޅުވާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.