ads
މަތިވެރީގައި ހުންނަ ކަސާމިއާ ގެސްޓްހައުސް
އަނެއްކާވެސް މަތިވެރީގައި ހުންނަ ޖާބިރުގެ ގެސްޓުހައުސްގައި ރޯކޮށްލައިފި
އަނެއްކާވެސް އއ. މަތިވެރީގައި ހުންނަ ކ.ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ކަސާ މިއާ ގެސްޓު ހައުސްގައި ރޯކޮށްލައިފިއެވެ.
Advertisement

މިއީ އެ ގެސްޓު ހައުސްގައި ރޯކޮށްލި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަަރަށް އެތާގައި ރޯކޮށްލީ މި ދައުރަށް ކާށިދޫ ދާއިރާގެ ގޮނޑިއަށް ޖާބިރު އިންތިހާބުވެވަޑައިގެން ރޭގައެވެ.

ޖާބިރުގެ ދަރިކަލުން މުހައްމަދު ޖާބިރު އާއި ހަވާލާދީ ފާތިމަތު ދިޔާނާ ސައީދު ވިދާޅުވީ، މިއީ އެތަނުގައި ރޯކޮށްލި ދެވަނަ ފަހަރު ކަމަށާއި ރޭ ދަންވަރު ރޯކޮށްލާފައިވަނީ ކަސާ މިއާ ގެސްޓު ހައުސްއަށް ކަރަންޓު ފޯރުކޮށްދޭން ހަދާފައިވާ އިންޖީނު ރޫމުގައި ކަމަށެވެ.
އިތުރަށް ދިޔާނާ ވިދާޅުވީ، އެތަން އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި މިއީ ޖާބިރުއަށް ކުރާ ޖެއްސުމެއް ކަމަށެެވެ.

މުހައްމަދު ޖާބިރު އާއި ހަވާލާދީ އިތުރަށް ދިޔާނާ ވިދާޅުވީ، މަސައްކަތް ކުރަމުން ދަނީ އެ ގެސްޓުހައުސް ހުޅުވަން ކަމަށާއި އިރާދަކުރެއްވިއްޔާ އެތަން ހުޅުވާނެ ކަމަށެވެ.

ދިޔާނާ ވިދާޅުވީ، އެރަށު ކައުންސިލްއަށް ދޭންޖެހޭ ފައިސާ ހުރިކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ތަކުރާރުކޮށް ޖާބިރުއަށް ހަމަލާދީ އަނިޔާ ކުރާ މައްސަލަ ހުށަހެޅުމުން ވެސް އެއްވެސް ކަމާ ބެހޭ އިދާރާއަކުން ފުރިހަމަ ތަހުގީގެއް ކުރަމުން ނުދާތީ އެކަމާއި ހިތާމަ ކުރާ ކަމަށެވެ.

ދެ ފަހަރެެއްގެ މަތިން ކަސާ މިއާ ގެސްޓު ހައުސްގައި ރޯކޮށްލާފައިވާއިރު ދާދި ފަހުން ވަނީ ޖާބިރު މަތިވެރި އަށް އެރުމުން އޭނާ ގައިގައި ބަޔަކު މީހުން ތަޅައިގަނެ ރަށުން ބާލަން މަސައްކަތް ކޮށްފައެވެ.

7%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް