ads
ފޯ ނޭޝަންސް ކަޕް ފެށޭނީ ހޯމަ ދުވަހު
ލަންކާ މީހުނަށް 200 ރުފީސްއަށް، ދިވެހިންނަށް 5000 ރުޕީސްއަށް
އަވައްޓެރި ލަންކާގައި މާދަމާ ފަށާ، ރާޖަޕަކްސަ އިންވިޓޭޝަނަލް ފޯ ނޭޝަނަސް ކަޕުގައި ރާއްޖެ އާއި ލަންކާ ވަދަކުރާ މެޗުގެ ޓިކެޓް، ލަންކާ މީހުންނަށް 200 ރުޕީސްއަށް އަދި ދިވެހިންނަށް 5000 ރުޕީސްއަށް ވިއްކަން ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާންކޮށްފިއެވެ.
Advertisement

ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާންކޮށްފައިވާ ގޮތުން ރާއްޖެ އާއި ލަންކާ ވާދަކުރާ މެޗުގެ ޓިކެޓުގެ އަގުގައި ދެ ގައުމުގެ ސަޕޯޓަރުންނަށް ބޮޑު ފަރަގެއް ހުއްޓެވެ. ލަންކާ މީހުންނަށް 200 ރުޕީސްއަށް ޓިކެޓް ވިއްކާއިރު ދިވެހިންނަށް ޓިކެޓް ވިއްކަނީ އެއަށްވުރެ 25 ގުނަ ބޮޑުކޮށް، 5000 ރުޕީސްއަށެވެ. ޓިކެޓުގެ އަގުގައި މިހާ ބޮޑު ފަރަގެއް ހުރީ ކީއްވެ ކަމެއް ނޭގެއެވެ.

ލަންކާ ފެޑެރޭޝަނުން އިއުލާންކޮށްފައިވާ ގޮތުގައި ރާއްޖެ އާއި ލަންކާ މާދަމާ ރޭ ކުޅޭ މެޗުގެ ޓިކެޓު މިއަދުން ފެށިގެން ދިވެހި އެމްބަސީން އަދި ލަންކާގައި ހުންނަ ދިވެހި ކޮމިއުނިޓީ ސެންޓަރުން ވިއްކާނެއެވެ.

ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާންކޮށްފައިވާ ގޮތުން ދަނޑަށް ވަދެވޭތީ ހަމައެކަނި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށެވެ. އަދި ދަނޑުގެ ޖާގަވެސްވަނީ ރައްކާތެރިކަމުގެ ގޮތުން ލިމިޓްކޮށްފައެވެ. ލަންކާގައި އުޅޭ ގިނަ އަދަދެއްގެ ދިވެހިން މިހާރުވެސް ދިވެހި ޓީމުގެ މެޗައް ތައްޔާރުވަމުން އަންނާތީ ދިވެހިންނަށް ދޭން ކަނޑައަޅާފައިވާ ޖާގަ ފުރެންދެން ދިވެހިން ދަނޑަށް ވަންނާނެ ކަމަށް ބެލެވެއެވެ. 

ފޯ ނޭޝަންސް ކަޕުގައި ވާދަކުރާ ދިވެހި ޓީމުވަނީ ބުރާސްފަތި ދުވަހު ލަންކާއަށް ގޮސްފައެވެ. އަދި ދިވެހި ޓީމުންވަނީ ލަންކާގައި މިހާރު ފަރިތަކުރުންތައް ފަށާފައެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް