ads
ރަސްމާދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ…ފޮޓޯ/އެމްޓީސީސީ
ރަސްމާދޫ ބަނދަރުގެ މަސައްކަތް ފެށިގެން ބާރަށް ކުރިއަށް!
ރ. ރަސްމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުން އަންނަކަމަށް އެމްޓީސީސީން ބުނެފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 28.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ 

މި މަޝްރޫޢުގެ ދަށުން، އެމްޓީސީސީ ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރ، މިހާރު ވަނީ ހާރޑް-ސްޓްރޭޓާ ޑިމޮލިޝަންގެ މަސައްކަތަށް ހާބަރ ބޭސިންއަށް ޑިޕްލޯއި ކުރެވިފައެވެ.

މި މަޝްރޫޢުގެ ދަށުން 8،100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ. އަދި ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް