ads
ގއ. މާމެންދޫ
މާމެންދޫގައި އިންދާފައި ހުރި ރުއްތަކެއް ކަނޑާލައިފި
ގއ. މާމެންދޫގައި އިންދާފައިހުރި ރުއްތަކެއް ބަޔަކު ކަނޑާލައިފިއެވެ.

މާމެންދޫ ކައުންސިލުން ބުނީ އެރަށުގައި އެ ކައުންސިލުން އިންދާފައިހުރި 60 ވަރަކަށް ރުއް ދާދިފަހުން ކަނޑާލައިފައިވާ ކަމަށެވެ. 

އެރަށު ކައުންސިލްގެ ރައީސާއި ނައިބު ރައީސާ ދެމެދު މިހާރުވަނީ ދެބަސްވުން ތަކެއް އުފެދިފައެވެ. އަދި ނައިބު ރައީސްގެ ބައެއް މަސްއޫލިއްޔަތުތަކުން އޭނާ ވަނީ އެކަހެރިވެސް ކޮށްފައެވެ. 

އެކައުންސިލްގެ ނައިބު ރައީސް މިސްބާހު މުޖުތަބާ ވިދާޅުވީ އެރަށުގައި ދާދިފަހުން ޖަހާފައިވާ ރުއްތަކެއް ދާދިފަހުން ކަނޑާލާފައިވީ ނަމަވެސް އެކަން ކޮށްފައިވަނީ ކޮންބަެއްކަމެއް އެނގިފައި ނުވާކަމަށެވެ. 

"އަޅުގަނޑަށް އެނގިފައިވާގޮތުގައި ޕޮލިހަށްވެސް މައްސަލަ މިހާރުވަނީ ހުށަހަޅާފަ" ނައިބުރައީސް މިސްބާހު ވިދާޅުވިއެވެ. 

މިސްބާހު ވިދާޅުވީ ރުއްތަކާއި ގަސްގަހަށް ގެއްލުން ދިނުމަކީ ހަމައެކަނި މިހާރު ހިނގާ ކަމެއް ނޫންކަމަށެވެ. އެއާ ހިލާފަށް މިއަހރުގެ ކުރީކޮޅުވެސް އެފަދަ ކަންތައްތަކެއް ހިނގާފައިވާކަމަށާއި އަދި މިހާރު އޮތް ކައުންސިލް އައުމާއެކުވެސް އެފަދަ ކަންކަން ހިނގާފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް