ads
ސާރާ---
ސާރާ އެންމެ ގިނައިން ސްޓޯކް ކުރަނީ ކާކާކަން އިނގޭތަ؟
ބޮލީވުޑްގެ މަޝްހޫރު ބަތަލު ސައިފް އަލީ ހާންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އަދި ބަތަލާ ސާރާ އަލީ ހާން އެންމެ ގިނައިން ސްޓޯކް ކުރަނީ ކާކާ ކަން އޭނާ ބުނެފިއެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލު ސައިފް އަލީ ހާންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އަދި ބަތަލާ ސާރާ އަލީ ހާން އެންމެ ގިނައިން ސްޓޯކް ކުރަނީ ކާކާ ކަން އޭނާ ބުނެފިއެވެ.

ސާރާ މިހާރު އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ލަވް އާޖް ކަލް 2" ޕްރޮމޯޓު ކުރުމުގައި ވަރަށް ބިޒީ ކޮށެވެ. އެގޮތުން ދާދި ފަހުން ޕްރޮމޯޝަން އިވެންޓެއްގައި ސާރާ ވަނީ އޭނާ އެންމެ ގިނައިން ސްޓޯކް ކުރަނީ ކާކާ ކަން ހާމަކޮށްފައެވެ.

ސާރާ ބުނިގޮތުގައި އޭނާ އަބަދުވެސް ވަރަށް ގިނަ މީހުން ސްޓޯކް ކުރާ ކަމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ގަވާއިދުން ދީޕިކާ ޕްޑުކޮން އަށް ސްޓޯކް ކުރާ ކަމަށް ސާރާ ވަނީ ބުނެފައެވެ.

އުމުރުން 23 އަހަރުގެ ސާރާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ނެރުނު ފިލްމު "ސިމްބާ" އިންނެވެ. ރޯހިތު ޝެޓީ ޑައިރެކްޓުކޮށް ނެރުނު އެ ފިލްމުގައި އޭނާ ފެނިގެން ދިޔައީ ރަންވީރު ސިންގްއާ އެކު އެވެ.

ސާރާ މިހާތަނަށް ކުޅެފައިވާ ދެ ފިލްމަަށް ވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުއިރު މިފަހަކަށް އައިސް ބޮލީވުޑަށް ތައާރަފުވި އެންމެ ކާމިޔާބު އެއް ތަރިއަކީ ސާރާ ކަމަށް ބުނުމަކުން ގޯހަކަށް ނުވާނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް