ads
ގއ ދާންދޫ
ގއ ގެ 4 ރަށެއް ގުޅުވާލުމަށް ގޮވާލައި ގަރާރު ތަކެއް ނެރެފި
ގއ. ގެ ހަތަރު ރަށެއް ގުޅުވާލުމަށް ގޮވާލައި ގަރާރުތަކެއް ނެރެފިއެވެ. މިހާތަނަށް ގަރާރުތައް ނެރެފައިވަނީ ގއ.ނިލަންދޫ އާއި ގއ ދާންދޫއިންނެވެ.

ގއ. ނިލަންދޫ ކައުންސިލް ރައީސް ނާސިހް އިބްރާހީމް ސީއެންއެމް އަށް ވިދާޅުވީ ރަށްރަށުން މިކަމަށް އިސްނެގީ މިއީ އެންމެ ރަނގަޅު ގޮތްކަމަށް ދެކިގެންކަމަށެވެ. 

"ހުރިހާރަށަކުންވެސް މިކަމަށް އެދިއެދި ތިބީ . އަޅުގަނޑުމެން މިކަން ނިންމީ ރަށްރަށުގެ ރައްޔިތުންނާ ވެސް ވާހަކަ ދެއްކުމަށްފަހު" ނާސިހު ވިދާޅުވިއެވެ. 

ނިލަންދޫ ކައުންސިލުން ނެރުނު ގަރާރުގައި ބުނީ ، ދާންދޫ، ނިލަންދޫ، މާމެންދޫ، ކޫއްޑޫ، ވިލިގިނލި ހިމެނޭގޮތުން މިގުޅާލެވޭ ފާލަމުގެ ސަބަބުން މިހާރު ރަށްރަށުގައި ގާއިމުކުރެވިފައިވާ ޚިދުމަތްތައް އެތައް ގުނައަކަށް ފުޅާވެ ޚިދުމަތުގެ ފެންވަރު ރަގަޅުވެ 12000 ( ބާރަހާސް ) ވަރަކަށް މީހުންނަށް އެއްގަމުމަގުން ޚިދުމަތްތައް ފަސޭކަމާއެކީ ލިބި ރައްޔިތުންނަށް އެތައް ގޮތަކުން ކުރެވޭ ޚަރަދުކުޑަވެ ލުއި ފަސޭހަތައް ލިބިގެންދިއުމާއި، ސިއްހީ ޚިދުމަތުގެ ފެންވަރު އަންތަރީސްވާ މިންވަރަށް ރަގަޅުވެ އަތޮޅުން ބޭރަށް ބޭސްފަރުވާއަށް ދިއުން މުޅިންހެންހުއްޓި ޓާރޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ޚިދުމަތް ލިބި ރަށުން ގުރޭޑް 10 އެއް ނިންމާ ހަމަ ރަށުގަ އާއިލާ އެކީ ތިބެ މަތީތަޢުލީމު ހާޞިލު ވެގެންދާނެ ކަމަށް ބުނެފައިވއެވެ. 

"އިޤުތިޞާދީ ގޮތުން ބޮޑެތި ބަދަލުތަކެއް އައިސް ވިޔާރި ފުޅާވުމާއި، ތަކެތީގެ އަގު ތިރިވުމާއި، ދަނޑުވެރިކަމުގެ ނަފާ އަތުން އަތަށް ލިބި ފުޅާވެގެން ދިއުމާއި، ހޮޓާ ރެސްޓޯރެންޓް ކެފޭ ފަދަ ކުދި އަދި މެދުފަންތީގެ ވިޔަފާރީގަ މަސްޖަހާ 100 ގުނައަށް ފުޅާވެގެން ދިއުމާއި، އެއްރަށުން އަނެއްރަށަށް ދަތުރު ކުރުމުގައި މޫސުމީ ގަދަ ވައިގެ ބިޔަރާޅުގެ ބިރުވެރިކަމުންސަލާމަތްވެތިބެ އަމާން ދަތުރު ފަތުރުވެރިކަމެއް އެއްގަމު މަގުން ފަހިވެގެން ދިއުމާއި، ރަށްވެހިކަމުގެ ދިރިއުޅުމަށް މާއުފާވެރި މުސްތަގުބަލެއް ލިބުމާއި، ދާންދޫ. ނިލަންދޫ. މާމެންދޫ. ވިލިގިނލީގެ ރައްޔިތުންނަކީ އެއްބަޔަކަށްވެ އެއްސަގާފަތަކާއި، އެއްމޭޒަކުން ކައިބޮއިހަދާ އެއްގެއްގައި ނިދާ ބަޔަކަށްވެ އުފާވެރި މައްޒީލެއްގައި ދިރިއުޅޭ ބަޔަކަށް ވެގެންދާނެ ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ" ނިލަންދޫ ކައުންސިލްގެ ގަރާރުގައި ވެއެވެ.

އެ ކައުންސިލުން ނެރެފައިވާ ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައްޔިތުންނާއި ގާތުން ފުރިހަމަޚިދުމަތެއް ލާމެހިފައިވާ ގުޅުމެއްގެ ތެރެއިން ފޯރުކޮށްދިނުމަށްޓަކާ އެ ކައުންސިލްގެ 21 ވަނަ ޖަލްސާ އަށް މިގަރާރު ހުށަހަޅާ އަދި މިމަސައްކަތުގައި އިސްވެދެންނެވުނު 4 ރަށުގެ ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކާއި، ކުލަބުޖަމުއިއްޔާ ޖަމާތްތަކާއި، އަންހެނުންގެތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން މި ފާލަންގާއިމުކުރުމަށް ކުރަންޖެހޭ އިދާރީ އިންތިޒާމުގެ މަސައްކަތް މިހިނދުން މިހިނދަށްފެއްޓުމަށް މިކައުންސިލްގެ ހުރިހާ މެމްބަރުން އިއްތިފާގު ވެފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ފައްކާކުރުމަށް ދިވެހި ސަރުކާރުން އެކަށައަޅުއްލާސިޔާސަތުތައް އެންމެ އެކަށީގެންވާ ގޮތުގައި އެންމެ ޚަރަދުކުޑަ އަދި ދެމެހެނެއްޓެނެވި އަދި އުފާފާގަތި ގޮތެއްގައި މިދާއިރާގައި އެކަންކަންތަންފީޛުކުރުމަށް މިދާއިރާ ބާރުވެރިވާނެ އެއްކަމެއްގެ ގޮތުން ބަލާއިރު، ހުރިހާ ރަށެއްގައި ހުރިހާކަމެއް އެއްވަރަކަށް ޤާއިމުކުރުމުގެ ބަދަލުގައިޤާއިމުކުރެވޭ ކަންކަން އަނެއްރަށަށްވެސް ފަސޭހަކަމާއެކު ހިއްސާކުރެވި ގުޅިގެން ކުރިއަރައިދާން މަސައްކަތްކުރާ މުޖުތަމަޢުތައްއުފައްދައި އެ މުޖުތަމަޢުތައް ބާރުވެރި ކުރުމަށްޓަކައި، ދާންދޫ އާއި ނިލަންދޫ ބްރިޖަކުން ގުޅާލައި މިދެރަށުގައި ޤާއިމުކުރެވޭ ތަރައްޤީގެފުރުޞަތުތައް އެއްގަމުމަގުން އެއްހިސްސާއެއް ކުރެވޭނެ ގޮތް ހެދުމަށް ދާންދޫއާއި ނިލަންދޫ މިދެރަށް ބާރިޖަކުން ގުޅާލުމަށް އަޅުގަނޑުމެންމިކައުންސިލުގެ ހުރިހާ މެންބަރުން އިއްތިފާޤުވެ އިޤްރާރުވެއްޖައީމެވެ.

ދާންދޫ ކައުންސލުން ނެރުނު ގަރާރުގައިވަނީ ދާންދޫއިން ފެށިގެން ވިލިނގިއްޔަށް ބްރިޖަކުން ގުޅާލައި މިސަރަހައްދު އެއްގަމު މަގުން އެއްފަސްކުރުމަށް މިސަރަހައްދުގައި ހިމެނޭ ރަށްރަށުގެ ކައުންސިލްތަކުގެ މެދުގައި މަޝްވަރާކުރެވެމުންދާ މި މުހިންމު މަސައްކަތަށް އެއްބާލުން ދިނުމަށާއި އަދިފުރަތަމަ މަރުޙަލާގައި އެންމެ ފަސޭހައިން އެންމެ ފުރަތަމަ އެއްފަސްކުރެވެން އޮތީ މިދާއިރާގައި ދާންދޫ އާއި ނިލަންދޫ ކަމުން އަދި މިދެރަށަކީ މި ދެރަށް ދެމެދުގައި 1300 މީޓަރ ގާތުގައި އޮތް ދެރަށްކަމުން މިދެރަށް ބްރިޖަކުން ގުޅާލުމަށް ކުރަންޖެހޭ މަސައްކަތަކީ އެހާބޮޑުމަސައްކަތެއްކަމުގައި އެ ކައުންސިލުން ނުދެކޭ ކަމަށެވެ. 

ކައުންސިލުން ބުނީ އަދި އެއްގަމު މަގުން ދާންދޫ ނިލަންދޫ ގުޅާލެވިއްޖެނަމަ ފުރަތަމަ އެދެރަށުގެ އާބާދީ ދެރަށުގައިކުރިއަރައިދާ ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި އެދެރަށުގެ އެންމެހާ ރައްޔިތުންނަށް އެތައްގޮތަކުން ކުރިއަރައިދާން ލިބޭނެ ފަހިފުރުޞަތަކަށް މިކަން ވެގެންދާނެ ކަމުގައި މިކައުންސިލުން ދެކޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް