ads
ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ ޖޯން ގްރިންޑަލް
މަގާމުން ވަކިކުރި ޕެންޝަން އޮފީހުގެ ސީއީއޯ ޓްރައިބިއުނަލަށް
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ކުރީގެ ސީއީއޯ ޖޯން ގްރިންޑަލް އެ އޮފީހާ ދެކޮޅަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފި އެވެ.
Advertisement

އޭނާ އެމައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ ވަޒީފާ އިން ވަކިކުރީ ގޯސްކޮށް ކަމަށް ބުނެ، މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް މީހަކު ހަމަޖެއްސުން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދިނުމަށް އެދިކަމަށް ވެއެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ޓްރައިބިއުނަލްގައި ބާއްވައިފަ އެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އެއްޗެއް ބުނެފައެއް ނުވެއެވެ.

މިދިޔަ އަހަރު ފަހުކޮޅު ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އައްޔަން ކޮށްފައިވާ އިނގިރޭސި ވިލާތުގެ ޖޯން ގްރިންޑަލް މަގާމުން ވަކިކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ. 

އޭނާ ވަކިކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ކަމަށް ވާހަކަ ދެކެވުނު ނަމަވެސް ޕެންޝަން އޮފީހުގެ ޕަބްލިކް ރިލޭޝަން މެނޭޖަރު، އައިޝަތު ފަޒްނާ ސީއެންއެމްއަށް ވިދާޅުވެފައިވަނީ އެ ފަދަ އެއްވެސް މައްސަލައެއް ހުށަހެޅިފަ ނެތްކަމަށާއި އޭނާ ވަކި ކުރީ ކޯޑް އޮފް ކޮންޑަކްޓް އާ ހިލާފުވެގެން ކަމަށެވެ.


މީގެ 12 އަހަރު ކުރިން 2009 ވަނަ އަހަރު ގާއިމު ކުރި ޕެންޝަން އޮފީހުގެ ސުލޫކީ މިންގަނޑާ ހިލާދުވެގެން ސީއީއޯގެ މަގާމުން ޖޯން ގްރިންޑަލް ވަކި ކުރި އިރު، މީގެ ކުރިން ވެސް ވަނީ އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ސޯޝަލް މީޑިއާގައި ތިލަވެފަ އެވެ. އެފަހަރުވެސް އެ ހަބަރު ޕެންޝަން އޮފީހުން ދޮގު ކުރިއެވެ.

ޕެންޝަން ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ތަޖުރިބާ ހުރި ޖޯން ގްރިންޑަލް މަގާމުން ވަކި ކުރި އިރު ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ އަލީ އަދި އައިޝަތު ލުއުލުއާ ވަނީ ބޯޑުން އިސްތިއުފާ ދެއްވާފަ އެވެ. އެހެން ނަމަވެސް އެ ދެ ބޭފުޅުން އިސްތިއުފާ ދިން ސަބަބެއް ސާފުނުވެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް