ads
މާމެންދޫ ކައުންސިލް ރައީސް އަދި ނައިބު ރައީސް…
މާމެންދޫ ދެ ރައީސުންނަށް އަދިވެސް އެއްގަލަކަށް ނޭރޭ!
ގއ.މާމެންދޫ ކައުންސިލް ރައީސް އަހުމަދު އަޒީޒު އާއި މިސްބާހު މުޖުތަބާއާ ދޭތެރޭ އުފެދިފައިވާ ދެބަސްވުންތައް ހައްލުނުވެ، މިއަދު މިސްބާހް އަށް ނަސޭހަތް ދިނުމަށް މަޝްވަރާތަކެއް ކޮށްފިއެވެ.
Advertisement

ސީއެންއެމް އަށް ފުރަތަމަ ހަބަރު ލިބުނު ގޮތުގައި ކޮންމެ ބުރާސްފަތު ދުވަހަކު މާމެންދޫ ކައުންސިލުން ބާއްވާ ޖަލްސާގައި މިސްބާހުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ހުށަހެޅުނެވެ.

އެހެން ނަމަވެސް އެކަމާއި ގުޅިގެން ކައުންސިލް މެންބަރު އަޝްރަފް ވަނީ މިއަދު ބޭއްވުނު ޖަލްސާގައި މިސްބާހުގެ އިތުބާރު ނެތްކަމަށް ވޯޓެއް ނެގުމަށް ހުށަހެޅި ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކޮށްފައެވެ. އޭނާ ވިދާޅުވީ، އެފަދަ ނިންމުމެއް ނިންމަން  މިއަދުގެ ޖަލްސާގައި އެޖެންޑާވެސް ކޮށްފައި ނުވާ ކަމަށެވެ.

މިއަދުގެ ޖަލްސާގެ ވާހަކަ ކުރު ގޮތަކަށް ސީއެންއެމް އަށް ހިއްސާ ކުރަމުން މިސްބާހު ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން އެރަށު ކައުންސިލް އެތެރެއަށް ބޯޑުތަކެއް ހިފައިގެން މުޒާހަރާ ކުރަން ކަމަށް ބުނެ ވަތް މީހެއްގެ މައްސަލަ ޖޭއެސްސީގެ ސަމާލުކަމަށް  ގެނައުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް ޖަލްސާގައި ބައިވެރިވެ މެންބަރުންގެ އަގުލަބިއްޔަތުން އެކަން ފާސްވެފައި ނުވާތީ އެ މައްސަލަ ހުށަހެޅެން ނެތް ކަމަށް ނިންމި ކަމަށް މިސްބާހް ވިދާޅުވިއެވެ.

އޭގެ އިތުރުން މިސްބާހް ވިދާޅުވީ، އޭނާއަށް ކުރިން ހަވާލްކޮށްފައިވާ މަސްއޫލިއްޔަތުތައް އެހެން ކައުންސިލް މެންބަރަކަށް ހަވާލުކުރުމާއެކު އޭނާ ކައުންސިލް ބަދުނާމުވާފަދަ ގޮތް ގޮތަށް އެތައް ފަހަރަކު މަސައްކަތްކުރާކަމަށް ބުނެ މިސްބާހުގެ އިތުބާރު ނެތްކަމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން ވެސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އެކަން ކުރީ ލާމަރުކަޒީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމުން އެކަން ވެސް ޖަލްސާގައި ބައިވެރިވެ މެންބަރުންގެ އަގުލަބިއްޔަތު ނުލިބި ނިންމާލަން ޖެހުނު ކަމަށް މިސްބާހު ވިދާޅުވިއެވެ.

މިސްބާހު އިތުރަށް ވިދާޅުވީ، ކިތައްމެ ވަރަކަށް ކައުންސިލް ރައީސް މިސްބާހުގެ ބޮލުގައި ކަންކަމުގެ އިލްޒާމް އަޅުވަން މަަސައްކަތް ކުރި ނަމަވެސް އެ ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި އެރަށުގައި ހިނގާ ދިޔަ އެއްވެސް ކަމެއްގެ ފަހަތުގައި އޭނާ ނުހުންނަވާނެ ކަމަށް މިސްބާހު ވިދާޅުވިއެވެ.

މާމެންދޫ ރައީސާއި ނައިބު ރައީސްގެ ދެބަސްވުންތައް ފެށުނީ އެރަށު ސްލިޕްވޭ ސަރަހައްދުގައި ހުރި ވެލި ފުންޏަކުން އަށް ބަސްތާ ވެލި ރައީސް އަހުމަދު އަމިއްލަ ބޭނުމަކަށް ނެގި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެން ފެށި ވާހަކަ ތަކަކާއެކު އެވެ.

 އެ މައްސަލައިގައި ކުރިން އަހުމަދު ސީއެންއެމް އަށް ވިދާޅުވެފައިވަނީ މިސްބާހް އެފަދަ މޭރުމަކުން ވާހަކަ ދައްކަވަނީ ކައުންސިލް އާއި އަހުމަދުގެ އަގު ވައްޓާ ބަދުނާމު ކުރުމަށް ކަމަށެވެ. އަދި އެ ވެލިފުނިން ވެލި ނެގީ ކައުންސިލްގެ ބޭނުމަކަށް އީޕީއޭގެ ހުއްދަ ލިބުމުން ކަމަށް ވެސް އޭރު އަހުމަދު ވިދާޅުވިއެވެ.

މި މައްސަލަ ގަނޑުގެ ތެރޭގައި ދެ ރައީސުންގެ ސަޕޯޓަރުންގެ ވެސް ޝުއޫރުތައް ފާޅުކުރަމުން ގޮސް އެންމެ ފަހުން ދާދި ފަހުން ވަނީ އެރަށުގައި ހުންނަ ބައެއް ސަރުކާރު މުދަލަށް ވެސް ގެއްލުންދީފައެވެ. މި ކަމުގެ ތުހުމަތުވެސް ރައީސް އަހުމަދު ކުރައްވަނީ ނައިބު ރައީސް މިސްބާހަށް ކަން ފާހަގަކޮށްލެވެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް