ads
ނިލަންދޫން ދުވާފަރަށް ވަނީ 100 ގުލްކޯ މީޓަރު ހަދިޔާ ކޮށްފައި
ދުވާފަރު ހަކުރުބަލީގެ މީހުންނަށް ނިލަންދޫ ޖަމިއްޔާ ތަކުން ގުލްކޯމީޓަރުތަކެއް ހަދިޔާކޮށްފި
ފ.ނިލަންދޫގައި އުފެދިފައިވާ ކްލަބް ޖަމްޢިއްޔާތަކުން އިންތިޒާމުކޮށްގެން މިއަހަރުގެ ހަކުރުބަލިގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރ. ދުވާފަރުގައި ތިބި ހަކުރުބަލީގެ މިހުންނަށް 100 ގުލްކޯމީޓަރު ހަދިޔާކޮށްފި އެވެ.
Advertisement

މިޙަރަކާތަކީ ޑަބްލިއޫ އެޗްއޯގެ އެހީތެރިކަމާއެކު ނިލަންދޫގައި އުފެދިފައިވާ ކްލަބް ޖަމިއްޔާތަކުން މިއަހަރުގެ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރ.ދުވާފަރާއި ފ.ނިލަންދޫގައި ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރެއިން ކުރިޔަށް ގެންދިޔަ ޙަރަކާތެކެވެ. 

your imageގުލްކޯ މީޓަރު ހަދިޔާ ކުރުން

ނިލަންދޫ ކްލަބް ޖަމްޢިއްޔާތަކުން އިންތިޒާމުކޮށްގެން ދުވާފަރު ޞިއްޙީ މަރުކަޒާއި ދުވާފަރު ކައުންސިލާއި ގުޅިގެން މިއަދު ހަވީރު ދުވާފަރު ޕްރީސްކޫލުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަކުރިޔަށް ގެންދެވިފައިވަނީ ހަކުރުބަލި ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކު ގޭގައި ތިބެގެން ޓެސްޓް ކޮށްލެވޭނެ ގުލްކޯ މީޓަރު ހަދިޔާ ކުރުމުގެ ޙަރަކާތެވެ. މިގޮތުން ހަކުރުބަލި ހުންނަ ފަރާތްތަކަށް ހަދިޔާ ކުރުމަށް 100 ގުލްކޯ މީޓަރު ދުވާފަރު ޞިއްޙީ މަރުކަޒާއި ޙަވާލު ކުރެވުނެވެ.

your imageގުލަކޯމީޓަރު ތަކެއް ދުވާފަރަށް ވަނީ ހަދިޔާ ކޮށްފައި

އަދި ހަކުރު ބައްޔަށް މީހުން ސްކްރީން ކުރުމަށް ބޭނުންވާ 500 ސްޓްރިޕް ދުވާފަރު ޞިއްޙީ މަރުކަޒަށް ހަދިޔާ ކުރެވިފައިވެއެވެ. 

އެއަށްފަހު ހަކުރުބަލީގެ މީހުންނަށް ކޮންމެހެން އެނގެން ޖެހޭ ކަމާއި ގުޅުންހުރި މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންދެވިފައިވެއެވެ. އޭގެ އިތުރުން މިރޭ ދުވާފަރު މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެންވެސް މަޢުލޫމާތު ދިނުމުގެ ސެޝަނެއްވަނީ ކުރިޔަށް ގެންދެވިފައެވެ. 

މިސެޝަންތައް ކުރިޔަށް ގެންގޮސްދެއްވީ ކަމުގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދޫ ސްޕޯރޓްސް ކްލަބާއި ، ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫއާއި ، ނިލަންދޫ ޔަންގް ޖެނެރޭޝަނާއި ، ސްޕަރ ޖެނެރޭޝަން ކްލަބާއި ޑޯން ޖަމްޢިއްޔާއާއި ފ.އަތޮޅު ކައުންސިލް އާއި ނިލަންދޫ ކައުންސިލް އަދި ފ.އަތޮޅު ހޮސްޕިޓަލާއި ނިލަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެން ފ.ނިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޙަރަކާތްތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 20 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް