ads
އަނިޔާކޮށް އެއްލާލާފައިވާ މީހާ
އިރު އަރަންދެން ތަޅާ އަނިޔާ ކުރުމަށްފަހު އައިޖީއެމްއެޗް ކައިރިއަށް މީހަކު އެއްލާލައިފި
ފައިސާ ހޯދަން ވެގެން އެމްއެންޑީއެފްގައި މަސައްކަތް ކުރާ މީހަކު ރަހީނުކޮށް ގިނަ އިރުތަކެއް އަނިޔާކުރުމަށްފަހު އެމީހާ އައިޖީއެމްއެޗް ކައިރިއަށް އެއްލާލައިފިއެވެ.

ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި އޭނާ ރަހީނު ކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި މުޅި ރޭ އެއްކޮށް ރަހީނުކޮށް ފައިސާ ހޯދުމަށް ބިރުދައްކާ އަނިޔާ ކުރުމަށް ފަހު އެމީހާ އަތުން އެެއްވެސް ފައިސާއެއް ލިބިފައި ނުވާތީ މިއަދު ހެނދުނު ގެންގޮސް އައިޖީއެމްއެޗް ކައިރި އަށް އެއްލާލިކަމަށް ވެއެވެ.

އެމްއެންޑީއެފްގެ ކޯސްޓުގާޑްގައި މަސައްކަތްކުރާ އުމުރުން 37 އަހަރުގެ އެމީހާގެ އާއިލާ މީހަކު ސީއެންއެމް އަށް ބުނީ ބޭބެ އަށް އެކި ވަރުގެ އަނިޔާ ކޮށްފައިވާ ކަމަށާއި މިވަގުތު އެމެޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ރަނގަޅަށް ބޭބެ އަށް ވާހަކަ ވެސް ނުދެއްކޭ ކަމަށް އޭނާ ބުންޏެވެ

"ރޭ ބާރަ ޖެހުމުގެ ކުރިން ވެސް ހަބަރެއް ވި، އޭގެ ފަހުން އެކަމެއް ހިނގީ " އާއިލާގެ ފަރާތުން ބުންޏެވެ.

އިތުރަށް ބުނީ ބުރަކައްޓަށާއި މޫނު މަތީގެ އިތުރުން އެކި ތަންތަނަށް އަނިޔާކޮށްފައިވާ ކަމަށާއި އެބަޔަކު ބޭބެ ދޫނުކޮށް އަނިޔާ ކުރީ ފައިސާ އެއް ލިބޭނެ ކަމަށް ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:55 ހާއިރު ލިބިފައިވާ ކަމަށެވެ.

މި މައްސަލާގައި ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

6%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
81%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް