ޔޫއެސް-ބަނގްލާ އަކީ 2014 ވަނަ އަހަރު ފެށި، ބަނގްލާދޭޝްގެ އެންމެ ފެންވަރު ރަނގަޅު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެއާލައިނެކެވެ. އަދި މިއީ އެ ގައުމުގެ އަމިއްލަ އެއާލައިންތަކުގެ ތެރެއިން އެންމެ ބޮޑު ފްލީޓް އޮތް އެއާލައިނެވެ.
އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އެއަލައިނުން ރާއްޖެއަށް ދަތުރުތައް ފަށެއިރު އެ ގައުމުގެ ވެރިރަށް ޑާކާ އާއި މާލެއާ ދެމެދު ކޮންމެ ހަފްތާއަކު ހަތަރު ދަތުރުކުރަން ވަނީ ނިންމާފައެވެ. ރާއްޖެއާއިމެދު ކުރާ ދަތުރުތަަކަށް އެއެއާލައިނުން 189 ސީޓު ހިމެނޭ ބޮއިން 737-800 ގެ ބޯޓެވެ.
ޔޫއެސް-ބަނގްލާ އިން ބުނީ މި ދަތުރުތަކާ އެކު، ރާއްޖޭގައި މަސައްކަތްކުރާ ބަނގްލާދޭޝް މީހުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށެވެ.