ads
ނޯރާ ފަތޭހީ
ނޯރާާ ކަރުގަ އެޅި ގަހަނާ ތަކުގެ ސަބަބުން އަނިޔާވެއްޖެ
ބޮލީވުޑްގެ ނަން މަޝްހޫރު ތަރި އަދި ނެށުންތެރިޔާ ނޯރާ ފަތޭހީގެ އެންމެ ފަހުން ނެރުނު ލަވަ "ކުސޫ ކުސޫ" ގައި ނޯރާ އަޅަން ޖެހުނު ގަހަނާ ތަކުގެ ސަބަބުން ނޯރާ އަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. ބޮލީވުޑްގެ ޗާޓުން ޖާގަ ހޯދާފައިވާ ކުސޫ ކުސޫ މި ލަވައަކީ "ސައްތިޔަމޭ ވަޖައިތޭ" ގެ ލަވައެކެވެ.
Advertisement

ފިލްމްފެއާ އާއި ވާހަކަ ދައްކަމުން ނޯރާ ބުނަނީ ގަހަނާ ތަކުގެ ސަބަބުން ނޭވާާ ލާން އުނދަގޫވި ކަމަށާއި ކަރުގައި ހަލާކުވެފަ ހުރި ކަމުގެ ނިޝާންތައް ފެންނަން އެބަހުރިކަމަށެވެ.  

"މިލަވަ ޝޫޓް ކުރަން އުޅުމުގެ ތެރޭގައި ވަރަށް އަނިޔާވި. ފައިގެ ތަންތަން ހަލާކުވެ ލޭވެސްއައި" ނޮރާ ފަތޭހީ ފިލްފެއާ ގެ އިންޓަވިއު އެއްގައި ބުންޏެވެ.

އަޅާފައިހުރި ފޮތިގަނޑާ ގަހަނާ ތަކުގެ ސަބަބުން ނޯރާގެ ކަރުގައި ވަނީ ނިޝާން ތަކެއް ލާފައެވެ.

ނޯރާ ބުނަނީ މި ލަވައިގެ ޝޫޓިންއަކީ މިހާތަނަށް ނޯރާ އަށް ކުރެވުނު އެންމެ އުނދަގޫ އަދި އެންމެ އަނިޔާ ލިބުނު އެއް ޝޫޓިން ކަމަށެވެ. މީގެ ކުރީގައި ޝޫޓް ކޮށްފައިވާ "ބުޖް" ގެ އެކްޝަން ސީން އެއްގައި ނޯރާގެ ނިތްކުރިއަށް ވެސްވަނީ އަނިޔާ ލިބިފައެވެ. އަދި މީގެ ސަބަބުން ވަނީ ނުފިލާވަރުގެ ލަކުނެއްލާފައެވެ. 

ގިނަ ބައެއްގެ ތަރުހީބު މިހާރުވެސް އެ ލަވަ އަށް ލިބެމުންދާއިރު ނޯރާގެ ރިލީޒްވާ ކޮންމެ ލަވަ އަކަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ނޯރާއަކީ ބޮލީވޫޑަށް ނުކުމެ މަދު ދުވަސްކޮޅެއްގެ ތެރޭގައި މީހުންގެ މަގްބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް