ads
ޕާޔަލް އަދި ޓީނާ
ސޯޝަލް މީޑިއާ ފަތަހަ ކުރަމުންދާ ދެބެއިން
ސޯޝަލް މީޑިއާގައި ހެއްވާ މަޖާ ވިޑިއޯތަކުން ބެލުންތެރިންގެ ހިތްތައް އަތުލާފައިވާ ޕާޔަލް ޖެއިން އާއި އޭނާގެ ކޮއްކޮ ޓީނާ ޖެއިންގެ ވާހަކަ އަންނަނީ ވަރަށް ވެސް ހަލުވި ކަމާއެކު ފެތުރެމުންނެވެ.

ސޯސަލް މީޑިއާގައި ނުފޫޒު ގަދަ ޕާޔަލް އާއި އޭނާގެ ކޮއްކޮ ޓިނާގެ ހުނަރުން މުޅި އިންޑިއާ ކައްކުވާލައި ސޯޝަލް މީޑިއާ ފަތަހަކުރަމުންދަނީ އެ ދެބެންގެ ކޮމެޑީ ވީޑިއޯތަކުންނެވެ. އެ ވީޑިއޯތަކުގައި އެ ދެބެން ދައްކަނީ އިންޑިއާގެ މީހުންގެ ކަންކަން ހުންނަ ގޮތްތަކެވެ.

ޗެނަލު ސާދަ ހާސް މީހުން ސަބްސްކްރައިބްކޮށްފައިވާ އެ ދެބެންގެ ޔޫޓިއުބް ޗެނަލުގައި ހާއްސަކޮށް  ދައްކަނީ އިންޑިއާ މަންމަމެންގެ ވާހަކަ ދެއްކުމާ އެމީހުންގެ ކަންތައްތައް ހުންން ގޮތްތަކެވެ. ތަފާތު އެކި އެކި ވީޑިއޯތަކުން މިދެބެއިންގެ މަގްބޫލުކަން ވަނީ ސިލްސިލާ ޑްރާމަ ތަކުން ފެންމުންދާ ތަރިންނާއި އެއްހަމަ ކޮށްފައެވެ.

 

ޕާޔަލް އުފަންވެފައިވަނީ 15 ޖެނުއަރީ 1995 ގައި އިންޑިއާގެ މުމްބާއި އަށެވެ. ޕާޔަލް ގެ ކޮއްކޮ ޓީނާ އުފަންވެފައިވަނީ 8 އޭޕްރީލް 1997 ގައި ހަމަ މުމްބާއީ އަށެވެ. ޕާޔަލްގެ މަންމަ ހުންނަނީ ހަމައެކަނި މިދެބެއިންނެވެ.

މުޅި ސޯޝަލް މީޑިއާ ފަތަހަ ކުރަމުންދާ މިދެބެއިންގެ ފޭން ބޭސް ވެސް އެކްޓަރަކަށް ވުރެން ވަކި މަދެއް ނޫނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް