ads
އޮޑިޓާ ޖެނެރަލް އޮފީސް -- ފޮޓޯ / ވީނިއުސް
އޭޖީ އޮފީހުގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި
އޮޑިޓަ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ހާއްސަ ދެވަނަ އޮންލައިން ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައި.ޓީ.އީ.ސީ)ގެ ފަރާތުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހާއްސަ އޮންލައިން ތަމްރީން ޕްރޮގްރާމްގެ 2ވަނަ ބުރު ނޮވެމްބަރު 22-27އަށް ކުރިއަށް ދާނެއެވެ.މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ އިންޓަނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ސިސްޓެމް އެންޑް އޯޑިޓް (އައި. ސީ. އައި. އެސް. އޭ) އާއި އިންޓަނެޝަނަލް ޓްރެއިނިންގް ސެންޓަރ އޮފް ދަ ކޮމްޕްޓްރޯލަރ އެންޑް އޯޑިޓަރ ޖެނެރަލް (ސީ. އޭ. ޖީ) އޮފް އިންޑިއާ އިންނެވެ.

މި ތަމްރީނު ޕްރޮގްރާމް ތަކުގައި ބައިވެރިންނަށް އައިޓީ އޮޑިޓް ޕްރޮސެސްގެ ކުރު ހުލާސާއެއް އަދި އައިޓީ އޮޑިޓްގެ މުހިންމު ބައިތައް ދެނެގަތުމަށް ކޭސް ސްޓަޑީ ބޭނުން ކުރާނެ އެވެ. ތަމްރީނު ޕްރޮގްރާމްގައި އިސްކަންދޭ ބައިތަކުގެ ތެރޭގައި އިންޓްރޮޑަކްޝަން ޓު ޑާޓާ އެނާލިސިސް، އައިއްސް ކޮންޓްރޯލްސް ގެ އޮޑިޓް ،އޮޓިޑިންގް އިން އެސްއޭޕީ އެންޓަރޕްރައިޒް ރިސޯސް ޕްލޭނިންގް އެންވިރޮމެންޓް ހިމެނެއެވެ.

މި ތަމްރީނު ޕްރޮގްރާމް ތަކުގައި ފުރަތަމަ ޕްރޮގްރާމް ވަނީ  2021 އޮގަސްޓް 02-07 އަށް ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީނު ޕްރޮގްރާމްގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ ،އޮޑިޓަރ އަދި އެސިސްޓަންޓް އޮޑިޓަރ ލެވެލްގެ މުވައްޒަފުން ބައިވެރިވެ މާލީ ބަޔާންތައް، މާލީ ފްރޭމްވަރކް އަދި ފައިނޭންޝަލް އޮޑިޓް އިން އެސްއޭޕީ އެންވިރޮމެންޓް ގައި އޮޑިޓަރުންގެ ޒިންމާތަކާއި ގުޅޭ ގޮތުން ތަމްރީނު ލިބުނެވެ.

24 އޮކްޓޫބަރު 2021 ގައި އޭޖީއޯ އަދި އިންޑިއާގެ ސީއޭޖީއޯ އާ ދެމެދު ވަނީ ގުޅުން ވަރުގަދަކޮށް ދެ މުއައްސަސާ ދެމެދު އެހީތެރިކަން ފޯރުކޮށްދީ އިންސާނީ ވަސީލަތްތައް ތަރައްޤީ ކޮށް ދެ މުއައްސަސާގެ އާއްމު އޮޑިޓްތަށް ހިންގާ ގޮތް އިތުރަށް ހަރުދަނާ ކުރުމަށް އެމްއޯޔޫގައި ސޮއިކުރެވިފައެވެ.

މިފަދަ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން އިންސާނީ ވަސީލަތްތައް ކުރިއަރާ މުއައްސަސާތައް ބާރުވެރިކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް