ވިޔަފާރި /

މޯލްޑިވިއަންގެ ފްލައިޓެއްް… ފޮޓޯ/އިފޫ ފޮޓޯސް
މޯލްޑިވިއަން އިން ޑާކާ ދަތުރުތަކުގެ އަގު ހެޔޮކޮށްފި
މުހައްމަދު މުސްތަފާ
24 ނޮވެންބަރ 2021 - 14:22:43
ގައުމީ އެއާލައިން މޯލްޑިވިއަން އިން ބަނގްލަދޭޝްގެ ވެރި ރަށް ޑާކާ އަށް ކުރާ ދަތުރު ތަކުގެ އަގު ހެޔޮކޮށްފިއެވެ.
މޯލްޑިވިއަން އިން ބުނީ މިހާރު މާލެ ޑާކާ ދެކޮޅު ޓިކެޓް ފެށޭ އަގަކި 406 ޑޮލަރު ކަމަށާއި އަދި އެއްކޮޅު ނަމަ 225 ޑޮލަރު ކަމަށެވެ.
ޓިކެޓްގެ އަގުތަކަށް މި ގެނައި ބަދަލާއި އެކު ލަގެޖް ލަގެޖް އެލަވަންސް ވެސް މިވަނީ 40 ކިލޯ އަށް ހަދާފައެވެ.
ހަފްތާއަކު ތިން ދުވަހު މިހާރުވެސް މޯލްޑިވިއަންގެ ދަތުރުތައް ޑާކާ އަށް ކުރާކަން ފާހަގަ ކޮށްލެވެއެވެ.
މޯލްޑިވިއަނުން މި ފަހުން ވަނީ އިންޑިއާގެ ނިއު ދިއްލީ އަށްވެސް ދަތުރު ތައް ފަށާފައެވެ. އެއާއެކު އިންޑިއާގެ ފަސް މަންޒިލަކަށް މޯލްޑިވިއަން ދަތުރު ކުރެއެވެ.
މޯލްޑިވިއަނުން މިހާރުވެސް އަންނަނީ، އިންޑިއާގެ ޗެންނާއީ އާއި ކޮޗިން އާއި މުމްބާއީގެ އިތުރުން ޓްރެވިންޑްރަމަށް ދަތުރުތައް ބާއްވަމުންނެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް