ads
ރަންބީރާއި ޝާހު އަދި ކަރަން ޖޯހަރު--
ރަންބީރާއި ޝާހު އެކުގައި ފިލްމަކުން؟
ރަންބީރު ކަޕޫރާއި ޝާހުރުކް ހާން އެކުގައި ފިލްމަކުން ފެނިގެން ހިނގައިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރަންބީރު ކަޕޫރާއި ޝާހުރުކް ހާން އެކުގައި ފިލްމަކުން ފެނިގެން ހިނގައިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ނެރޭ ފިލްމެެއް ކަމަށް ވެއެވެ. އެގޮތުން އެފިލްމަކީ މިހާރު ނެރެމުންދާ ފިލްމުތަކާއި މާބޮޑު ތަފާތެއް ހުރި ފިލްމެއް ނޫން ނަމަވެސް ވާހަކަ ތަފާތު ވާނެ ކަމަށް ވެއެވެ.

މިހާރު ނެރެމުންދާ ފިލްމުތަކާއި މާބޮޑު ތަފާތެއް ނެތް ގޮތަކަށް މި ފިލްމު ނެރެން ކަރަން ނިންމީ ޒީރޯގެ ނާކާމިޔާބަށް ފަހު އެކްސްޕެރިމެންޓް ހެދުމުގެ އެއްވެސް މޫޑެއް ޝާހުގެ މިހާރު ނެތުމުން ކަމަށް ވެސް ވެއެެވެ. ޝާހުއާއެކު މި ފިލްމުން ފެންނާނީ ރަންބީރު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މީގެ ކުރިން ވެސް ކަރަން ވަނީ ޝާހު ފެނިގެންދިޔަ ކާމިޔާބު ފިލްމުތަކެއް ނެރެފަ އެވެ. އޭގެ ތެރޭގައި ދިވެހިން ތެރޭގައި އަދިވެސް މަގްބޫލު ކުޗްކުޗް ހޯތާ ހޭ އާއި ކަބި އަލްވިދާ ނާ ކެހެނާ އަދި ކަބި ހުށި ކަބި ގަމްގެ އިތުރުން މައި ނޭމް އިޒް ހާން ފަދަ ފިލްމުތައް ހިމެނެ އެވެ.

ކަރަން ޖޯހަރާއެކު މީގެ ކުރިން ރަންބީރު ވެސް މަސައްކަތް ކުރި އެވެ. އެއީ 2016 ވަނަ އަހަރު ނެރުނު ފިލްމު "އޭ ދިލްހޭ މުޝްކިލް" އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް