ads
ކޭޖީއެފްގެ ޕޯސްޓަރަކާއި ލާލްސިން ޗައްޑާގެ ޕޯސްޓަރެއް
ކޭޖީއެފް ޗެޕްޓާ 2 އުފައްދާ މީހުންނަށް އާމިރު މާފަށް އެދިއްޖެ
ބޮލީވުޑްގެ ކާމިޔާބު ތަރި އާމިރު ހާން އޭނާގެ ފިލްމު ލާލް ސިން ޗައްޑާ ރިލީޒް ކުރަން އުޅޭތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް ގިނަ ސަބަބުތަކާހުރެ ފިލްމު ރިލީޒް ކުރާ ތާރީހް އަންނަނީ ލަސްވަމުންނެވެ.
Advertisement

އޭގެ ތެރެއިން ބޮޑު ބައެއް ލަސްވެފައިވަނީ ކޮވިޑް-19 ޕެންޑެމިކް އާއި ގުޅުން ހުރި ކަންކަމައި ހެދިއެވެ.

ލާލް ސިން ޗައްޑާ އަކީ ޓޮމް ހޭންކްސް ލީޑް ރޯލުން ފެނިގެންދިޔަ ހޮލީވުޑް ފިލްމު ފޮރެސްޓް ގަމްޕްގެ އޮފިޝަލް ރިމޭކް އެވެ.

އާމިރު ފިލްމުގެ ޕްރޮޑިއުސަރުން ވަނީ އަންނަ އަހަރު އެޕްރިލް މަހުގެ 14 ވަނަ ދުވަހު ފިލްމު ރިލީޒް ކުރަން ނިންމާފަ އެވެ. އެހެން ކަމުން ޔަޝް ލީޑް ރޯލުން ފެނިގެންދާ ކޭޖީއެފް ޗެޕްޓާ 2 އާއި އެ ފިލްމު ބޮކްސް އޮފީހުގައި ކުރިމަތިލާނެ އެވެ.

އިންޑިއަން އެކްސްޕްރެސް އާ ވާހަކަދައްކަމުން އާމިރު ވަނީ ލަސް ވާން މެދުވެރިވި ސަބަބުތަކާއި ކޭޖީއެފް ޗެޕްޓާ 2 ގެ ޕްރޮޑިއުސަރުން ކިބައިން މާފަށް އެދުނު ވާހަކަ ހިއްސާކޮށްފަ އެވެ. 

އެ ޑޭޓްގައި ރިލީޒް ކުރަން ނިންމީ ވަރަށް ގިނަ ގޮތްގޮތުން ވިސްނުމަށް ފަހު ކަމަށް އާމިރު ބުނެއެވެ.

 އާމިރު ބުނީ އަވަހަށް މަސައްކަތް ކުރުމަށް ވުރެ ކޮލިޓީ މަސައްކަތެއް ކުރުން މުހިއްމު ކަމަށެވެ. އޭގެ އިތުރުން އެހެން މީހެއްގެ ތާރީހެެއްގައި ފިލްމު ރިލީޒް ކުރަން އޭނާ އެހާ ހިތްހަމަ ނުޖެހުނު ނަމަވެސް މިހާރު ކަނޑައަޅާފައިވާ ތާރީހަކީ ފިލްމު ރިލީޒްކުރަން އެންމެ ރަނގަޅު ތާރީހު ކަމަށް އޭނާ ބުނެއެވެ.

އެގޮތުން އެ ފިލްމުން އޭނާ ފެނިގެން ދަނީ ސިކް ދީނުގެ މީހެއް ގޮތުގައި ކަމަށާއި އެޕްރިލް 14 އަކީ ސިކް މީހުންނަށް ވަރަށް ހާއްސަ ދުވަހެއް ކަމަށް އޭނާ ބުނެއެވެ.

ޑޭޓް ފައިނަލް ކުރުމުގެ ކުރިން ކޭޖީއެފް ޗެޕްޓާ 2ގެ ޕްރޮޑިއުސަރުންނާއި ލީޑް އެކްޓަރު ޔަޝް އަށް ގުޅައި މާފަށް އެދުނު ކަމަށާއި އެމީހުން އެގޮތައް ކުރިއަށް ދާން ބުނި ކަމަށް އާމިރު ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް