ads
އަމީޝާ ޕަޓެލް
އަމީޝާ މާބަނޑު ކަމަށް ބުނާ ވާހަކަތަކަށް ޖަވާބުދީފި
ބޮލީވުޑްގެ މަޝްހޫރު ތަރި އަމީޝާ ޕަޓެލް މާބަނޑު ކަމަށް ބުނާ ވާހަކަތަކަށް ޖަވާބުދީފިއެވެ.
Advertisement

ދުބާއިން ނެގި ބިކިނީ ފޮޓޯތަކެއްގައި އޭނާގެ ބަނޑު ފެންނަ ގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަމީޝާ މާބަނޑު ކަމަށް ދެކެން ފަށާފައިވެއެވެ. ބައެއް މީހުން "މާބަނޑުތަ؟" ފަދަ ސުވާލުތައް ކޮށްފައިވާއިރު، އަނެއްބައި މީހުން ފޮޓޯތަކުގައި އަމީޝާ ބަނޑުގައި އަތްލައިގެން ހުރި ކަމަށް ފާހަގަކޮށްފައިވެއެވެ.

މި ވާހަކަތައް އިތުރަށް ފެތުރުނީ މިދިޔަ ހަފްތާގައި އާންމު ހަފްލާއެއްގައި އަމީޝާ ވައިން ބުއިމުގެ ބަދަލުގައި ފެން ބޯން މަންޒަރު ވެސް ފެނުމުންނެވެ. ނަމަވެސް، މި ވާހަކަތަކަށް ޖަވާބު ދިނުމުގެ ގޮތުން އަމީޝާ ވަނީ ޕޫލްސައިޑްގައި ނެގި ފޮޓޯތަކެއް ޝެއާކޮށްފައެވެ. މި ފޮޓޯތަކުގައި އޭނާގެ ހަށިގަނޑު ރަނގަޅަށް ފެންނަން ހުރުމުން، ކުރިން ފެނުނު ބަނޑަކީ ހަމައެކަނި ކެމެރާ އެންގަލްގެ ސަބަބުން ކަމަށް ދައްކުވައިދެއެވެ.

އަމީޝާގެ ޓީމުން މި މައްސަލައާ ގުޅޭގޮތުން ކޮމެންޓެއް ކުރުމަށް ނޫސްވެރިން އެދުމުން، އެ ފަރާތުން ބުނީ އަމީޝާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ކަންކަމުގައި އެއްވެސް ބަހެއް ނުބުނާނެ ކަމަށެވެ. މިހާތަނަށް އަމީޝާ މާބަނޑު ކަމަށް ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް