ކެނަބިސް އާއި ޑައިމޯފިން އެތެރެކުރުމާއި ބޭނުންކުރުމުގެ އިތުރުން އަތުގައި ގެންގުޅެ، އޭގެ ވިޔަފާރި ކުރިކަން ސާބިތުވެ، 78 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ހައްޔަރުކުރި ޅ. ނައިފަރު، ޝަބްނަމްގެ، އުމުރުން 26 އަހަރުގެ މުންތަސަރު ޔޫސުފްގެ މައްޗަށެވެ. އޭނާ ހައްޔަރުކުރީ އެރަށު ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ކުރިކަމުގެ ތުހުމަތުގައެވެ.
މިމައްސަލާގައި ދައުވާ ކުރީ:
މީގެ ތެރެއިން ދައުވާއަށް އެއްބަސްވީ މުންތަސަރުގެ އިތުރުން ތިން މީހެކެވެ. އެ ތިން މީހުން އެއްބަސްވީ ކެނަބިސް ބޭނުންކުރި ކަމަށެވެ. އެހެންކަމުން އެމީހުންގެ މައްޗަށް އައީ ތިން އަހަރުގެ ހުކުމެކެވެ. ނަމަވެސް މުންތަސަރުގެ މައްޗަށް ޖުމްލަ 78 އަހަރުގެ ޖަލު ހުކުމެއް އަދި ތިން ލައްކަ ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކޮށްފައެވެ. އޭނާގެ މައްޗަށް މި ހުކުމް އައީ އޭނާއަށް ކުރާ ހުރިހާ ދައުވާތަކަށް އެއްބަސްވުމުންނެވެ.
އޭނާގެ މައްޗަށް ކުރި ހުކުމްތަކަކީ: