މިދިޔަ އަހަރުގެ ކީސްޓޭޖް ތިނެއްގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓު އާންމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އެކަށީގެންވާ މިންވަރެއްގައި ދަރިވަރުންގެ ނަތީޖާ ހިފެހެއްޓުމަށް ސުކޫލަށް ހާޒިރުވުން މުހިންމު ކަމަށެވެ.
މިގޮތުން، މިދިޔަ މަހުގެ 21އިން ފެށިގެން ކޮންމެ ދުވަހަކު ވެސް، ސުކޫލަށް ހާޒިރުވާ ދަރިވަރުންނާއި، ހާޒިރުނުވާ ދަރިވަރުން ފާހަގަކުރަން ފަށާފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ. ނަމަވެސް، ކުރިން އުސޫލު އޮންނަނީ، ވަކި މުއްދަތެއް ވަންދެން ދަރިވަރަކު ސުކޫލަށް ނުދިޔުމުން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާ ގޮތަށެވެ.
އެއާއެކު، މި ދުވަސްވަރު ގިނަ އަދަދަކަށް ދަރިވަރުން ސުކޫލަށް ނުދާކަން ހާމަވިކަން ފާހަގަކުރައްވައި މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި، ދަރިވަރުން ސްކޫލަށް ދާ މިންވަރު ބެލުމަށް މިދިޔަ މަހު ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި، އޭގެ ސަބަބުން ދަރިވަރުންގެ ހާޒިރީ ވަޒަންކުރަން ފަސޭހަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސްކޫލަށް ނުދިއުމުގެ އާދަ ހަރުލައިފިނަމަ، ދަރިވަރުން ސްކޫލަށް ދާން ބޭނުންނުވާ ހާލަތަކަށް ގޮސްދާނެ ކަމަށެވެ. މިއީ ބެލެނިވެރިންނާއި މުދައްރިސުންނަށް ވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށާއި، އެންމެ ކުއްޖަކު ވެސް ސްކޫލަށް ނުގޮސް ހުރެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަރިވަރުން ސްކޫލަށް ދާ މިންވަރު ބެލުމަށް މިދިޔަ މަހު ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި އޭގެ ސަބަބުން ދަރިވަރުން ސުކޫލަށް ހާޒިރުވާ މިންވަރު ވަޒަން ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;