"ކަލް ހޯ ނަ ހޯ" ފިލްމުން ފެނިގެން ދަނީ ޝާހްރުކް ހާން އާއި، ޕްރިތީ ޒިންތާގެ އިތުރުން ސައިފް އަލީ ހާން އެވެ. މި ފިލްމަށް 18 އަހަރު ފުރުން މިއަދު ފާހަގަ ކޮށްފައިވާއިރު، މި ފިލްމަކީ، މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ.
"ކަލް ހޯ ނަ ހޯ" އަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު، މި ފިލްމަށް ވަނީ ދެ ފަހަރު މަތިން ނެޝަނަލް ފިލްމް އެވޯޑްސް، އަށް ފިލްމް ފެއާ އެވޯޑްސް، 13 އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކަޑަމީ އެވޯޑްސް، ހަ ޕްރޮޑިއުސާސް ގިލްޑް ފިލްމް އެވޯޑްސް، ތިން ސްކްރީން އެވޯޑްސްގެ އިތުރުން ދެ ޒީ ސިނެ އެވޯޑުވެސް ލިބިފައެވެ.
ފިލްމަށް 18 އަހަރު ފުރުމާއި ގުޅިގެން ފޭނުން ދަނީ ފިލްމުގެ އެކި ޑައިލޮގްތަކާއި ލަވަތައް އެކުލެވޭ ޕޯސްޓުތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ބޭނުންކޮށް، ފިލްމަށް 18 އަހަރު ފުރުން ފާހަގަ ކުރަމުންނެވެ.
ފިލްމެގެ ފޭނުން އަންނަނީ 18YearsOfKalHoNaaHo# މި ހޭޝްޓެގް ޓްވިޓާގައި ބޭނުން ކުރަމުންނެވެ.