ads
އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުން ފޮޓޯ: ސޯޝަލް މީޑިއާ
އައްޑޫސިޓީގައި ގޭގެއަށް ޒިޔާރަތްކުރުން މަނާކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފި
ހަލުވިކޮށް ފެތުރެމުންދާ ކޮވިޑް19 ކޮންޓްރޯލް ކުރުމުގެ ގޮތުން އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އޭއީއޯސީ) އިން އަންގައިފި އެވެ.

މިގޮތަށް ނިންމާފައިވަނީ އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އޭއީއޯސީ) އިން ބޭއްވި ބައްދަލު ވުމެއްގައެވެ. 

އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެ ފިޔަވަޅުތައް އެޅިކަމުގައި ވިޔަސް ކާފިއުގެ ވަގުތަށް ބަދަލެއް ނުގެންނާނެ ކަމަށެވެ. 

އައްޑޫގައި ކާފިއު ހިންގަމުން އަންނަނީ ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށެވެ. އެހެން ނަމަވެސް ބަލި ކޮންޓްރޯލް ނުކުރެވޭނަމަ އަންނަ ހަފްތާއިން ފެށިގެން ފިޔަވަޅުތައް އިތުރައް ވަރުގަދަކުރާނެ ކަމަށެވެ. 

ކޮވިޑުގެ ކޭސްތަކާ ގުޅިގެން އައްޑޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. 

އައްޑޫގައި އަދިވެސް ކޮވިޑު ކޮންޓްރޯލު ވެފައި ނުވާ އިރު، އިއްޔެ އެކަނިވެސް އެ ސިޓީން 17 މީހަކު ޕޮޒިޓިވް ވިއެވެ. އޭގެ ތެރެއިން 15 ކޭސް ފެނިފައިވަނީ ހިތަދޫންނެވެ.

އައްޑޫގައި މިވަގުތު 277 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ އިރު، އޭގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުން އަންނަނީ ކޮވިޑް ފެސިލިޓީ ގައެވެ. މި ބަލީގައި އައްޑޫން ދިހަ މީހަކު ވަނީ މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް