ads
މާލެ ޓީ ޖެޓީ ސަރަހައްދު ފޮޓޯ: ސޯޝަލް މީޑިއާ
ޓީޖެޓީ ބެލެހެއްޓުމަށް ސިޓީ ކައުންސިލާއި ހަވާލެއް ނުކުރި
އެމްޕީއެލްގެ ބެލުމުގެ ދަށުގައިވާ ޓީޖެޓީ ބެލެހެއްޓުމަށް ސިޓީ ކައުުންސިލުން އެދުނު ކަމުގައިވީ ނަމަވެސް އެގޮތަށް އެކަން ނުކުރެވޭނެކަމަށް ރައީސް އޮފީހުން ސިޓީ ކައުންސިލަށް އަންގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްސދަލުވުމުގައި ޑރ މުއިއްޒި ވިދާޅުވީ ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށެވެ. 

" އެތަނަކީ ވަރަށް ބޮޑު އާމްދަނީއެއް ލިބޭތަނެއް. އެހެންނަމަވެސް އެތަނުން ލިބޭ ހުރިހާ އާމްދަނީއެއް މި ލިބެނީ އެމްޕީއެލަށް" ޑރ މުއިއްޒު ވިދާޅުވިއެވެ. 

އަދި އެގޮތަށް ނިންމި ނިންމުމަކީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ކޮށް ހިންގުމަށް ހެދިފައިވާ ގާނޫނާއި ހިލާފަށް ނިންމާފައިވާ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

އަދި ޓީޖެޓީ ބަލަހައްޓަން ސަރުކާރާ އެކު އެމްޕީއެލުން ހަދައިފައިވާ އެގްރީމެންޓުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. 

އެހެންވެ، ގާނޫނީ ގޮތުން މިހާރު އެއީ ކައުންސިލްގެ ތަނެއް ނަމަވެސް އެތަނުން އާމްދަނީ ހޯދުމުގެ ފުރުސަތު އެއްކޮށް ބަންދުވެފައިވާ ކަމަށް  މުއިއްޒު ވިދާޅުވިއެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް