ads
ދިޔާނާ ސައީދު----
ޔާމީނު ފުރުން މަނާ ކުރުމުން ދިޔާނާގެ ރުޅިގަނޑު ސަރުކާރަށް!
ފަސް އަހަރުގެ ޖަލު ހުކުމުން މިއަދު ސަލާމަތްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ރާއްޖޭން ބޭރަށް ފުރުން މަނާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓުން ނެރުނު އަމުރާއެކު ކުރީގެ ބަންޑާރަ ނައިބް ފާތިމަތު ދިޔާނާ ސައީދު ކަންބޮޑުވުން ފާޅުކުރައްވައި، އޭނާގެ ރުޅިގަނޑު ސަރުކާރަށް އަމާޒު ކުރައްވައިފި އެވެ.

މަނީ ލޯންޑާ ކުރި ކަމުގެ ދައުވާ އުފުލާ ފަސް އަހަރަށް ޖަލަން ލާން ކްރިމިނަލް ކޯޓުން ޔާމީނަށް ހުކުމް ކުރި ނަމަވެސް މިއަދު ސްޕްރީމް ކޯޓުން އެމަނިކުފާނުގެ މައްޗަށް އެ މައްސަލަ ސާބިތުނުވާ ކަމަށް ނިންމާ ވަނީ މިނިވަންކޮށްފައެވެ.

އެހެން ނަމަވެސް ހަތް ދުވަހުގެ މުއްދަތަކަށް ޔާމީނު ގައުމުން ފުރުން މަނާކުރުމަށް ފުލުހުން އެދުނު އެދުމަކަށް އެ ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރެއް ނެރިފައެވެ.

އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ދިޔާނާ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގައުމުގެ އެންމެ މަތީ ކޯޓުން މީހާ ކުށް ނުކުރާ ކަމަށް ކަނޑައެޅުއްވުމާއެކު ދެން އަނބުރާ އެ ނަތީޖާ "އޯވާރީޗް" ކުރަން ފުލުހުން ބޭނުންކޮށްގެން ސަރުކާރުން އުޅުއްވަނީ ސަކަރާތް ޖަހަން ކަމަށެވެ.

އޭގެ އިތުރުން އެ މައްސަލާގައި އަދިވެސް އުޅުއްވަނީ ކޯޓަށް އަތްބާނަން ކަން ފާހަގަކުރައްވާ ވިދާޅުވީ "އެކި ވެރީން ކޯޓުތަކުގެ ފުރާޅު ނަގާނީ އެކި ގޮތަށް" ކަމަށެވެ.

ދިޔާނާގެ ޕޯސްޓުގައި މިހެން ވިދާޅުވެފައިވަނީ ޔާމީންގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ތެރެއަށް ސިފައިން ވަދެ، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި ކުރުމަށް އިޝާރާތް ކުރައްވައެވެ.

ޖަލު ހުކުމުގައި 732 ދުވަހު ބަންދުގައި ހުންނެވުމަށް ފަހު ރައީސް ޔާމީން ބަންދުން މިނިވަން ވުމާއެކު އެމަނިކުފާނުގެ ސަޕޯޓަރުން މިހާރު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރަނީ ރާއްޖޭގައި ރައީސްކަން ކުރެއްވި ވެރިއަކަށް ސަރުކާރުން އެއްވެސް ކަހަލަ ސަލާމަތާއި ރައްކާތެރިކަމެއް ކަށަވަރުކޮށްފައި ނުވުމުންނެވެ.

މިއަދު ހެނދުނު ސްޕްރީމް ކޯޓުގައި އޮތް ތިން ގަޑި އިރުގެ ޝަރީއަތުން ޔާމީންގެ ކޮޅަށް ނަސްރު ލިބި އެމަނިކުފާނު މިނިވަންވުމާއެކު ޕީޕީއެމްގެ މެންބަރުންނާއި ޔާމީންގެ ސަޕޯޓަރުން އަންނަނީ އުފާ ފާޅު ކުރުމުގެ ގޮތުން އެކި ކަހަލަ ހަރަކާތްތައް ހިންގަމުންނެވެ.

87%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް