ads
އަހަރު ނިމޭ ޕްރޮމޯޝަން އިފްތިތާހު ކުރުމުގެ އިވެންޓްގެ ތެރެއިން ފޮޓޯ: ދިރާގު
އަހަރު ނިމޭ ޕްރޮމޯޝަން! މާބޮޑަށްވެސް ތަފާތު!
އަހަރު ނިމުމާ ދިމާކޮށް ދިރާގުން ބޯނަސް ތިން ޕްރޮމޯޝަނެއް ފެށުމަށް ނިންމައި އިއުލާން ކޮށްފިއެވެ.

މިއީ 2021 ވަނަ އަހަރު ނިމުމާއި ދިމާކޮށް ދިރާގުގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެއް ކަމަށް ދިރާގުން މައުލޫމާތުދެއެވެ. އެގޮތުން ފްރީ ސެޓްއަޕް އަދި ހިދުމަތަށް ބޭނުންވާ ހާއްސަ ވޮރެންޓީން 50 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވެއެވެ.

އަދި މި ޕްރޮމޯޝަނުގެ ދަށުން ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ގެއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވަރަށް އަގުހުރި ފުރުސަތެއް ލިބިގެންދާނެއެވެ. 

ދިރާގު ޓީވީ އެޕްލައި ކުރާ ކަސްޓަމަރުންނަށް އެ ފަރާތްތަކަށް ޕްރީ ސެޓްއަޕް އަދި ފްރީ ޖޮއިބޮކްސް ލިބޭނެކަމަށް ދިރާގުން މައުލޫމާތުދެއެވެ. 

ތިން ވަނަ ޕްރޮމޯޝަނަކީ ދިރާގު މޯބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށާއި އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެކެވެ.

އެގޮތުން އެފަރާތްތަކުގެ ތެރެއިން 500 ރުފިޔާ އަށްވުރެ ދަށުގެ ޕެކޭޖެއް ނަގާ މީހުނަށް، ތިން މަސް ވަންދެން ކޮންމެ މަހަކު ޕްކޭޖް ޑޭޓާގެ އިތުރުން 1 ޖީބީ ހިލޭ ލިބޭނެއެވެ.

ދިރާގަކީ ދިވެހިރާއްޖޭގައި މުވާސަލާތީ ހިދުމަތް ދިނުމަށް އެންމެ ފުރަތަމަ ފެއްޓި ކުންފުންޏެވެ. މިހާރުވެސް ދިރާގުގެ ކަސްޓަމަރުންނަށް ތަފާތު އެކިއެކި އަގުހުރި ޕްރޮމޯޝަންތައް ކުރިއަށް ގެންދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް