ads
ޓްރީ ޓޮޕުން ހިތާނު ކޮށްފައިވާ ކުއްޖެެއް… ފޮޓޯ/ޓްރީ ޓޮޕް
6 ޑޮކްޓަރުންނާއެކު ޓްރީ ޓޮޕްގެ ހިތާނީ ކޭމްޕު ފަށައިފި
ހިތާނީ ސީޒަނާ ދިމާކޮށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޙިތާނީ ކޭމްޕް 2021 ފަށައިފިއެވެ.

މި އަހަރުގެ ހިތާނީ ކޭމްޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 15 ޑިސެމްބަރ އިން 16 ޖަނަވަރީ 2021ގެނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުއެވެ.

ޓްރީ ޓޮޕުމް ބުނީ ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް އިތުރަށް ފުޅާކުރެވި ހަ ޑޮކްޓަރުން މިއަހަރު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މިއަހަރު ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ޙާއްސަ ޑޮކްޓަރުން، ޑރ. ރިޝީ ކާންތް އާރިޔަލް، ޑރ. ޢަބްދުﷲ އުބައިދު، ޑރ. މައުމޫން އާސިމް ޑރ. މުހައްމަދު ޝަރީފް، ޑރ. އައިޝަތު އަޒްނާގެ އިތުރުން، ކުޑަކަމުދާ ނިޒާމްގެ ޚާއްސަ، ޑރ. މެހްމެތު އޯޑަރ ހަރަކާތްތެރިވާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އެ ހޮސްޕިޓަލުން އިތުރަށް ބުނީ އައު ބަދަލާއެކު މިއަހަރުގެ ހިތާނީ ކޭމްޕް އެއް މަސް ދުވަހަށް ފުޅާކުރެވި 200 އަށްވުރެން ގިނަ ކުދިންނަށް ޖާގަ ހުޅުވާލެވިފައިވާ ކަމަށެވެ. 

މިއަހަރުގެ ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައިވެއެވެ.

ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް 3351610 ގުޅުއްވައިގެން ނަންނޯޓުކުރެވޭނެއެވެ. ހިތާނީ ޕެކޭޖްގެ އަގަކީ އާސަންދައަށް ކެނޑުމަށްފަހު 4000ރ އެވެ. އަދި ބާއްވާ ކޮޓަރި އަޕްގްރޭޑް ކުރުމަށް ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް އެކުލަވާލާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް