ads
ކެންސަރު ބަލީގައި 11 މަހުގެ ދިވެހި ކުުއްޖެެއް މަރު!
ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް 11 މަހުގެ ދިވެހި ކުއްޖެއް މަރުވެއްޖެއެވެ.

ސީއެންއެމް އަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބުނު ގޮތުގައި ޒޯއީ ޒާލިފްް ނަމަކަށް ކިޔާ އެ ތުއްތު ކުއްޖާ މަރުވީ މިއަދު ބެންކޮކްގެ ވަޖީރާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. 

މީގެ އިތުރުން އެ ކުއްޖާ ވިހެއުމަށްފަހު ބަލި ކަމަށް ފާހަގަކުރެވެން ފެށި ކަމަށާއި އެންމެ ތުއްތު އިރުވެސް ސިއްހީ މައްސަލަތައް ފާހަގަވަމުން އައި ކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު ބެންކޮކަށް ފަރުވާ އަށް ގެންދިޔަ އެ ކުއްޖާ މަރުވި އިރު ބޮޑު ބަޔަށް ކެންސަރު ޖެހިފައިވާ ކަމަށް ވެސް ސީއެންއެމް އަށް މައުލޫމާތު ދިން ފަރާތުން މައުލޫމާތު ދެއެވެ.

އެ ކުއްޖާގެ މަންމަ އަދި ބައްޕަ އަކީ ވެސް ދެ ގާނޫނީ ވަކީލުންނެވެ.

ކެންސަރު ބަލި ޖެހޭ މީހުން ރާއްޖޭގައި ނިސްބަތުން ގިނަ އިރު، މި ބަލީގެ ވޭން އެކި އުމުރުގެ މީހުން އަންނަނީ ތަހައްމަލު ކުރަމުންނެވެ. އޭގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް