ads
ހައިކޯޓު
އިއާދަނުކުރެވޭނެ ގެއްލުމެއް ނުލިބޭނެ ކަމަށް ބުނެ އައްޑޫ ގޯތިތައް އަތުލުން ނުހުއްޓުވި
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް، ކައުންސިލުން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
Advertisement

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައަދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް، ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމީ މިދިޔަ ޖުލައި 19 ވަނަ ދުވަހުއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފާރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިންތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ހިތަދޫ މެޖިުސްޓްރޭޓަށް 14 މީހަކު މައްސަލަ  ހުށަހެޅި އެވެ. އޭގެ ތެރެއިން ހަތް މައްސަލައެއްގައި ސިޓީ ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށް ހިތަދޫ ކޯޓުން ނިންމާފައިވާއިރު، އަނެއް ހަތް މައްސަލާގައި އެ ކޯޓުން ނިންމީ ކައުންސިލްގެ ނިންމުން ގޯސް ކަމަށެވެ. 

މައްސަލަ ކާމިޔާބު ނުވި ހަތް މީހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށް، އެދިފައިވަނީ ކޯޓުން އެކަމުގައި ވަކި ގޮތެއް ކަނޑައަޅަންދެން، އެ ފަރާތްތަކުގެ ގޯތިތައް އެ ފަރާތްތަކުގެ އަތުން
ވަކިކުރުމަށް ނުވަތަ އިސްތިއުނާފުކުރެވިފައިވާ މައްސަލައަށް އަސަރުކުރުވަނިވި އެއްވެސް ކަމެއް ނުކުރުމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށާއި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ކުރާނަމަ އެކަން ހުއްޓުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަންގައި އަމުރުކޮށްދިނުމަށެވެ. 

އަޑުއެހުންތައް 25 ނޮވެންބަރު 2021 ވަނަ ދުވަހު ނިމިފައިވެއެވެ. 

އެކަމާއި ގުޅިގެން ހައި ކޯޓުން ބުދަ ދުވަހު ނެރެފައިވާ ހުކުމުގައި ބުނެފައިވަނީ އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ވަގުތީ އަމުރާ ގުޅިގެން މައްސަލައިގެ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ރިއާޔަތްކުރާއިރު، މިހާރު އަޑުއެހުން
ނިމިފައިވާ މި މައްސަލައިގެ ތެރެއިން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނެރެދިނުމަކުން ވަގުތީ އަމުރަށް އެދުނު ފަރާތްތަކަށް އިއާދަނުކުރެވޭނެ ގެއްލުމެއް ލިބިދާނެކަމަށް ޤަބޫލެއްނުކުރެވޭ ކަމަށެވެ

އެހެންކަމުން މައުޟޫޢީ ގޮތުން މި މައްސަލަ
ބަލައި ފައިޞަލާކުރުމުގެ ކުރިން އެމީހުންގެ ފަރާތުން އެދިފައިވާފަދަ ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް
މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ކަނޑައަޅާފައެވެ.

އެ މައްސަލަ ހައި ކޯޓުގައި ބައްލަވަނީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ހާތިފް އެވެ.

ކައުންސިލުގެ ނިންމުމާއި އެއްގޮތަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން ގޯއްޗާއި ހަވާލުވުމަށް މިދިޔަ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު 14:00 ގެެ ކުރިން ހިތަދޫ އަވަށު އޮފީހަށް ހާޒިރުވުމަށް ކައުންސިލުން ވަނީ އަންގާފަ އެވެ. އަދި ގޯތި ބަދަލު ކުރުމާއި އިއުތިރާޒްކުރާނަމަ ވެސް ހަމަ އެދުވަހު ހިތަދޫ އަވަށު އޮފީހަށް ލިޔުމުން ހުށަހެޅުމަށް  ކައުންސިލުން އަންގާފައިވެއެވެ.

މީގެ އިތުރުން އައްޑޫ އިކިއުޓޯރިއަލް ސަރަހައްދުގައި އޮތް ގޯތި އެހެން ސަރަހައްދަކަށް ބަދަލު ކުރަން ކައުންސިލުން ނިންމާފައިވާ ނިންމުމާއި މެދު އިއުތިރާޒްކުރާނަމަ އެފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ހުށަހަޅާނެ ކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން އޮތީ އަންގާފައެވެ.

އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައަދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް، ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް ނިންމާފައިވަނީ، އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދަކީ އައްޑޫގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގްބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ސަރަހައްދެއް ކަމުގައި ވާތީ ކަމަށް ބުނެެއެެވެ.

އެ ސަރަހައްދުން ބިން ލިބެން އޮތީ، މިހާރު ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއްގޯތިތައް އެހެން ސަރަހައްދަކަށް ބަދަލުކޮށްގެން ކަމުގައިވާތީ، އާންމުވެގެންވާ މަންފާއަކަށްޓަކައި އެސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް ހުސްކުރުމުން ކަމަށް އެކައުންސިލުން ބުނެފައިވެއެވެ. 

އިކުއަޓޯރިއަލް ސެންޓަރު އެޅުމަށްޓަކައި ކުރިން ވެސް ބަދަލު ދޭ ގޮތަށް އެ ތަނުން ބައެއް މީހުންގެ ގޯތިތައް ނަގާފައި ވެ އެވެ. އެ ގޯތިތަކަށް ބަދަލު ނުދެވި އަހަރުތަކެއް ފާއިތުވި ފަހުން، ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ބަޔަކަށް ބަދަލު ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް