ads
ޑރ ޖަމީލް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ކުރިއަށް އޮތް ފަސް އަހަރު ޖީބުތައް ފުރާލާނެ: ޑރ. ޖަމީލް
ކުރިއަށް އޮތް ފަސް އަހަރަކީ ހުރިހާ ދިވެހިން ހެއްވާލާނެ ފަސްއަހަރު ކަމަށާއި، ހުރިހާ ދިވެހިންގެ ޖީބުތައް ފުރާލާނެ ފަސް އަހަރު ކަމަށް ރައީސް ޔާމީނުގެ ވެރިކަމުގެ ފުރަތަމަ ނާއިބު ރައީސްކަން ކުރެއްވި އަދި ރައީސް ޔާމީނުގެ ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ޔާމީން މިނިވަން ވުމަށް ފަހު ކާނިވާ ސަރަހައްދުގައި، ޕީޕީއެމް އިން ބާއްވާ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ދިވެހިން މިއަދު ދެކެމުން މިދަނީ ދުއްތުރާގެ ސަރުކާރެއް ކަމަށެވެ. އަދި މީޑިއާތަކަށް އިޝާރަތް ކުރައްވާ ޖަމީލް ވިދާޅުވީ މިއީ ދުއްތުރާގެ ފަސް އަހަރު ކަމަށެވެ. 

"މިއީ ދުއްތުރާގެ ސަރުކާރެއް. މިއީ ދުއްތުރާގެ ފަސް އަހަރު. މިއީ ދިވެހިރާއްޖޭގެ ބިންތައް ނުއަގުގައި ވިއްކާލި ސަރުކާރު،" ނާއިބު ރައީސް ޖަމީލު ވަކި ކުރައްވާ ނާއިބު ރައީސް ކަމަށް އަދީބު އައްޔަނު ކުރެއްވުމާގުޅިގެން ރައިސް ޔާމިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ޑރ ޖަމީލް ވިދާޅުވިއެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާކުރި ކަމުގެ ކުށުގައި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.  

ރައީސް ޔާމީނަށް ހުކުމް ކުރެވުނު ދުވަހު، ހަތް ދުވަހުގެ މުއްދަތަކަށް ޔާމީނު ގައުމުން ފުރުން މަނާކުރުމަށް ފުލުހުން އެދުނު އެދުމަކަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ. ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް އެދުނީ ރ. ފުއްގިރި ކުއްޔައް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނެގި މައްސަލައިގައި ކަމަށް ޕީޖީ އޮފީހުން ފަހުން ވަނީ ބުނެފައެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް