ads
އައްޑޫގައި ރޯކޮށްލާފައިވާ ކާރު
އައްޑޫ ސިޓީ ވަކީލެއްގެ ކާރުގައި ރޯ ކޮށްލައިފި
އައްޑޫ ސިޓީ ކައުންސިލްގެ ވަކީލެއްގެ ކާރުގައި ރޯކޮށް، ގެއްލުން ތަކެއް ދީފިއެވެ.

އައްޑީ ސިޓީ ކައުންސިލް ގައި މަސައްކަތް ކުރައްވާ އަބްދުﷲ އިހުސާންގެ ކާރުގައި ރޯކޮށްފައިވަނީ، އޭނާގެ ގޭގެ ގޯތިތެރޭ ކާރު ޕާކުކޮށްފައި އޮއްވާ ރޭ 4:30 އެހާކަށްހާއިރުއެވެ. އިހުސާން ބައެއްނޫސްތަކަށް ވިދާޅުވެފައިވަނީ އޭނާގެ ކާރަށް ޕެޓްރޯލު އަޅައި ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ދީފައިވާ ކަމަށެވެ. 

އޭނާ ވިދާލޫވެފައިވަނީ ކާރުގައި ރޯކޮށްލުމުގެ ސަބަބުން ހުރިހާ ސީޓުތަކާއި ފަހަތު ބިއްލޫރިވެސް ތަލާލާފައިވާ ކަމަށެވެ. އަދި އެކާރުގެ ކުރީކޮޅުގެ ބިއްލޫރިގަނޑުވެސް ނައްޓާލަން މަސައްކަތް ކޮށްފައިވާކަމަށެވެ. 

އޭނާގެ ކާރުގައި ރޯކޮށްލާފައިވާ މި ދަނޑިވަޅަކީ އައްޑޫގެ ގޯތި ތަކުގެ މައްސަލަތަކެއް ހިނގަމުންދާ ދުވަސްކޮޅެކެވެ. އިހްސާން ދަނީ އެސިޓީ ކައުންސިލްގެ ބިޑް ކޮމިޓީގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އެސިޓީގެ ގޯޓިގެ މައްސަލަތަކުގައިވެސް މަސައްކަތް ކުރައްވަމުންނެވެ. އެހެންވެ، އޭނާއަށް ބައެއް މީހުންގެ ނުރުހުން އަމަޒު ވެފައިވާ ކަމަށް އޭނާ ވިދާޅުވެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައަދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް، ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މިދިޔަ ޖުލައި 19 ވަނަ ދުވަހުވަނީ ނިންމާފައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފާރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިންތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި ހިތަދޫ މެޖިުސްޓްރޭޓަށް 14 މީހަކު މައްސަލަ  ހުށަހެޅި އެވެ. އޭގެ ތެރެއިން ހަތް މައްސަލައެއްގައި ސިޓީ ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށް ހިތަދޫ ކޯޓުން ނިންމާފައިވާއިރު، އަނެއް ހަތް މައްސަލާގައި އެ ކޯޓުން ނިންމީ ކައުންސިލްގެ ނިންމުން ގޯސް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް