ads
އަރްޖުން މަލަައިކާ——
މަލައިކާއާއި އަރްޖުން ރާއްޖޭގައި ތިބޭ ކޮންމެ ދުވަހަކަށް ހޭދަކުރާވަރު އިނގޭތަ؟
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ މަލައިކާ އަދި އަރުޖުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ޕަޓީނާ މޯލްޑިވްސް، ފަރި އައިލެންޑްސްގައެވެ

މި ރިސޯޓަކީ ވިލާސްތަކާ އެކު ބީޗް ހައުސްތަކުގެ އޮޕްޝަން ވެސް އޮތް ރިސޯޓެކެވެ. ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި އެ ދެ މީހުން އެ ރިސޯޓުގައި ތިބޭ ކޮންމެ ދުވަހަކަށް 1.90 ލާކް ރުޕީސްއާއި، 3.59 ލާކް ރުޕީސް އާއި ދެމެދުގެ އަދަދެއް ހަރަދުކުރެއެވެ. 

މި ހަރަދުގައި ރޫމް އާ އެކު އަމިއްލަ ބަގީޗާއެެއްގެ އިތުރުން، އަމިއްލަ ޕޫލް އަދި އައުޓްޑޯ ޓަބްގެ ހިދުމަތް ވެސް ލިބެއެވެ.

ދެ މީހުން އެކީ ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމުގައި ހިއްސާކުރަމުންދާއިރު، މި ވެކޭޝަންގައި ދެމީހުން އެންމެ ފޯރި ހިއްޕާލާފައި ހުރީ ބައިސިކަލް ދުއްވުމަށެވެ.

މަލައިކާ އަދި އަރުޖުންގެ ލޯބީގެ ވާހަކައަކީ ސިއްރެއް ނޫނެއެވެ. އަރުޖުން އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މަލައިކާ ރަސްމީކޮށް އިއުލާނު ކުރީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. މިފަހުން އެމީހުން ވަނީ ދެ އާއިލާގެ މީހުންނާއެކު ވެސް ވަގުތު ހޭދަކޮށްފައެވެ.

މަލައިކާ އަދި އަރުޖުން ލޯބީގެ ގޮތުން ގުޅުމުން ގިނަ ބަޔަކު ފާޑުވެސް ކިޔެވެ. އެއީ އެންމެ 35 އަހަރުގެ އަރްޖުން 47 އަހަރުގެ މަލައިކާ އާ ލޯބީގެ ގޮތުން ގުޅުމުންނެވެ. އެގޮތުން ދެ މީހުންގެ އުމުރުގެ ފަރަގާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރި އެވެ. 

1998 ވަނަ އަހަރު ސަލްމާން ހާނުގެ ކޮއްކޮ، އަރްބާޒު ހާނާއި މަލައިކާ ކައިވެނިކުރި އެވެ. އެކައިވެންޏަށް 16 އަހަރުގެ ދަރިއަކު ވެސް ލިބިފައިވާއިރު އެކައިވެނި ރޫޅުނީ 2017 ވަނަ އަހަރެވެ. އެކައިވެނި ރޫޅުމުގެ ސަބަބަކީ ވެސް އަރުޖުން ކަމަށް އޭރު އަޑުތައް އެރިއެވެ.

މިހާތަނަށް އަރުޖުން މީހަކާ ކައިވެނިކޮށްފައެއް ނުވެއެވެ.

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް