ads
ދޮންވެލި ގޮނޑުދޮށެއް----
އައްޑޫއިން އިންޑިއާއަށް "ދޮން ވެލި" ނުގެންދޭ: އެންވަޔަރަމެންޓް މިނިސްޓްރީ
އައްޑޫއިން އިންޑިއާއަށް "ދޮން ވެލި" ގެންދާކަމަށް ބުނެ ދައުރުކުރަމުންދާ ވީޑިއޯތަކާއި، ވާހަކަތައް އެންވަޔަރަމެންޓް މިނިސްޓްރީން ދޮގުކޮށްފި އެވެ.

އިންޑިއާގައި މަސައްކަތްކުރާ ކުންފުންޏަކުން އައްޑޫ ގޮނޑުދޮށުން ދޮންވެލި ނަގައިގެން އިންޑިއާއަށް ފޮނުވަމުންދާކަމަށް ބުނެ ދައުރުވަމުންދާ ވީޑިއޯތަކަކާއި، ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. ބައެއް ވީޑިއޯތަކުގައި ބުނެފައިވާގޮތުން އައްޑޫ ގޮނޑުދޮށުން ދޮވެލި ނަގައިގެން ގެންދަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީގެ އަލަށް އިމާރާތްކޮށްފައިވާ ގެއަކަށެވެ. 

މިކަމާއި ބެހޭގޮތުން "ސީއެންއެމް"އިން ސުވާލުކުރުމުން އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ފަތުރަމުންދަނީވެސް މުޅިން ހަގީގަތާއި ހިލާފު ވީޑިއޯތަކެއް ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފައި ނުވަތަ ހިނގަމުން ނުދާކަމަށްވެސް މިނިސްޓްރީން ބުންޏެވެ. 

ރާއްޖޭގެ އެއްވެސް ސަރަހައްދެއްގެ ގޮނޑުދޮށުން ދޮންވެލި ނެނގުމަކީ މަނާކަމެކެވެ. މި ވާހަަކަތަކާއި ގުޅިގެން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް އިބްރާހީމް ނައީމް ވެސް "ސީއެންއެމް" އަށް ވިދާޅުވީ އެތަނުން ވެލި ނަގާކަމުގެ ޝަކުވާތަކެއް ލިބުނު ކަމަށާއި އެހެންކަމުން ދެތިން ފަހަރަކަށް އެ ސަރަހައްދަށް ގޮސް އެކަން ބަލާފައިވެސް ވާނެ ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް އެ ސަރަހައްދުން ފާހަގަ ނުވާކަން އޭނާ ފާހަގަ ކުރެއެެވެ. 

އެ ސަރަހައްދުގައި އަތިރިމަތި ކޮނެގެން ކުރާ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރެއްވިނަމަވެސް އެއީ ވެލި އެެހެންތާކަށް އެކްސްޕޯޓު ކުރުން ނޫންކަމަށް އޭނާ ވިދާޅުވި އެވެ. ނައީމު ވިދާޅުވީ އެމަސައްކަތް ތަކުގައި ވެލި ނެގިޔަސް އަދި އެހެން ތަނަކަށް އެޅިޔަސް އަޅަމުންދަނީ އެ ސަރަހައްދުގެ މަސައްކަތްތަކުގެ ތެރެއިން އެތަނަށް ކަމަށެވެ. 

ނައީމު ވިދާޅުވީ އިންޑިއާއަށް ވެލި ބޭރުކުރާކަމަށް ދައްކާ ވާހަކަތަކަކީ އިންޑިއާއި ރާއްޖެއާއި ދެމެދުގައި އޮތް ގާތް ގުޅުމަށް ބުރޫއެރުވުމަށް މިހާރު ކުރަމުންދާ ކެމްޕެއިންގެ ތެރެއިން ދައްކާ "ހޮޅި ވާހަކަަތަކެއް" ކަމަށެެވެ.  

13%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް