ads
އިސްލާމިކް މިނިސްޓްރީ--
މާލެސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި
މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެ ސިޓީ ( މާލެ، ހުޅުމާލެ އަދި ވިލިމާލެ ) އިން ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 12 ޑިސެމްބަރު 2021 އިން 30 ޑިސެމްބަރު 2021 ގެ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 12:30 އަށް ފޯމު ހުށަހެޅޭގޮތަށް އެ މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

މިކަމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓް ގެ ލިންކް އިން ލިބެންހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ފޯމުތައް ބަލައިގަތުން ހަމަޖެހިފައިވަނީ މިކަމަށް ޚާއްޞަ ކުރެވިގެން މިނިސްޓްރީގައި ގާއިމްކުރެވޭ ހާއްސަ ކައުންޓަރު ތަކުންނެކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ. 2021 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަަކަކީ މިވަގުތު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމުގައިވާތީ، އެ ފަރާތްތަކުން ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

1442 ވަނަ އަހަރު މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ޖުމްލަ 1520 ފަރާތަކުން ރަޖިސްޓްރީވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް