އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ގ. ކަނދުމާގެއާގެ އުމުރުން 31 އަހަރުގެ މޫސާ ދީދީ އެވެ.
އޭނާގެ މައްޗަށް ކުރަނީ ފޭރުމާއި އޮރިޔާން ކާޑު އުފެއްދުމާއި ބިރު ދެއްކުމުގެ އިތުރުން ބްލެކްމެއިލް ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ ކުށެވެ.
އެމައްސަލައިގައި އޭނާ ކޯޓަށް ހާޒިރުކުރުމުން، މުޖުތަމައުގެ ސަލާމަތާއި ރައްކތެރިކަމަށް ބަލައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ 15 ދުވަސް ދީފައެވެ.
އޭނާވަނީ ކޯޓުގައި އެކަމަށް އިންކާރުކޮށްފައެވެ. އެމައްސަލަ ހިނގި ދުވަހު އޭނާ އެއްކޮށްއުޅުނީ ގޭގަ ކަމަށާއި، އަދި ބޭރަށް ނިކުމެފައިވަނީ އެންމެފަހަރަކު ކަމުގައި ބުނެފައެވެ. އަދި އެއީ ފިހާރަޔަށް ދިއުމަށްކަމުގައި ކޯޓުގައި އޭނާ ބުނެފައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;