ads
ގަން އެއާޕޯޓްގައި ހަދާ ޑިއުޓީ ފްްރީ. މިތަނަށް ޒުވާނުން ތަންްރީނުކުރާނީ ރާއްޖެއިން ބޭރުގައިކަމަށް އެމްއޭސީއެލުން ބުނޭ
ގަން އެއާޕޯޓް ޑިއުޓީ ފްރީއަށް ޒުވާނުން ތަމްރީނުކުރާނީ ރާއްޖެއިން ބޭރުގައި
އައްޑޫސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި ހަދާ ޑިއުޓީ ފްރީއަށް ޒުވާނުން ތަމްރީނުކުރާނީ މަޝްހޫރު ބްރޭންޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުގައިކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބުނެފިއެވެ.
Advertisement

އެމްއޭސީއެލުން ބުނީ ގަން އެއާޕޯޓްގެ އާ ޓާމިނަލްގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީ އޮޕަރޭޝަނެއް ޤާއިމުކޮށް ހިންގުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. 

އެމއޭސީއެލުން ބުނީ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި މަތީ ފަންތީގެ ބައިނަލްއަޤުވާމީ ޑިއުޓީ ފްރީއެއްގެ ޤާއިމްކުރުމުގެ މަޤްސަދަކީ ލަގްޒަރީ ރީޓެއިލްގެ ހިދުމަތް ރާއްޖޭގެ ދެކުނަށް ތައާރަފްކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރުކުރުމާއެކު، ދިވެހިރާއްޖޭގެ ދެކުނުގެ ވިޔާރީގެ ފުރުސަތުތައް ފަހިކޮށް، ފަތުރުވެރިކަމާއި އިޤްތިސާދީ ދުވެލި ހަލުވިކުރންކަމަށެވެ.

މިއީ ހިރާއްޖޭގެ އިޤުތިސާދު ފުޅާކުރުމަށާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށްވެސް އެމްްއޭސީއެލުން ބުނެއެވެ.

އައްޑޫސިޓގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޤާއިމްކުރުމަށް ތައްޔާރުވަމުން ދާ ޑިއުޓީ ފްރީ އޮޕަރޭޝަންގެ ސަބަބުން ރާއްޖޭގެ ދެކުނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބައިނަލްއަގުވާމީ އާ ރޫޓުތައް ދެކުނުގެ ވިއުގައަށް ތައާރަފްކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށް އެމްއޭސީއެލުން ބުނެއެވެ. އަދި އެއާއިއެކު ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް ގިނަ ފުރުސަތުތައް އުފެދިގެންދާނެކަމަށާއި މި ޑިއުޓީ ފްރީއަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރެވިގެންދާނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުގައިކަމަށް އެމްއޭސީއެލުން ބުނެއެވެ. 

your imageގަން އެއާޕޯޓްގައި ހަދާ ޑިއުޓީ ފްްރީ. މިތަނަށް ޒުވާނުން ތަމްރީނުކުރާނީ ރާއްޖެއިން ބޭރުގައިކަމަށް އެމްއޭސީއެލުން ބުނޭ

މިއީ އައްޑޫސިޓީގެ އިޤްތިސާދު ސިންދަފާތުކުރުމުގެ ގޮތުން ގެންގުޅެމުން އަންނަ "އައްޑޫ ވެލްކަމްސް ޓު ދަ ވޯލްޑް" ތަސައްވުރުގެ ދަށުން އެޅިގެންދާ އިޤްތިސާދީ މުހިންމު ފިޔަވަޅެއްކަމަށްވެސް އެމްްއޭސީއެލްއިން ބުނެއެވެ. އަދި މިކަމަކީ ދިވެހިރާއްޖޭގެ ޓްރެވަލް ރީޓެއިލް ދާއިރާ ދުނިޔެ ގަބޫލުކުރާ ފެންވަރަށް އުފުލާލުމަށާއި ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދީ، ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގައިގެ ތެރޭގައި ރާއްޖޭގެ ދެކުނަކީ މުހިންމު މަންޒިލެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު މުހިންމު ބައެއްކަމަށްވެސް އެމްްއޭސީއެލުން ބުނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;