ads
ޝްރައްދާ އާއި ވަރުން---
ސްޓްރީޓް ޑާންސާ 3D ޕްރޮމޯޓު ކުރުމުގައި ޝްރައްދާ އާއި ވަރުން އަވަދިނެތި
ބޮލީވުޑްގެ ކުޅަދާނަ ނެށުންތެރިޔާ ރެމޯ ޑި ސޫޒާގެ ކުރިއަށް އޮތް ފިލްމު "ސްޓްރީޓް ޑާންސާ 3D" ޕްރޮމޯޓު ކުރުމުގައި ޝްރައްދާ ކަޕޫރާއި ވަރުން ދަވަން އަވަދިނެތި އެބައުޅެވެ.

ފިލްމުގެ ލީޑު ރޯލުން ދެ ފަންނާނުން ފެނިގެންދާއިރު ދެ ފަންނާނުން ވެސް އަންނަނީ ސޯޝަލް މީޑިއާގެ އިތުރުން އިންޑިއާގެ އެކި އަވަށުތަކަށް ގޮސް ފިލްމު ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

ގިނަ ބަޔަކު ފިލްމާ މެދު ކުރާ އުންމީދު ބޮޑު ކަމަށް ބުނަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ ފިލްމަށް ޓިކެޓުވެސް ނަގަމުންނެވެ.

މި ދެ ފަންނާނުންގެ އިތުރުން މި ފިލްމުގައި ޕުރަބޫދެވާ، ރާގަވް، ޕުނިތް އަދި ދަރުމޭޝް ފެނިގެންދާނެ އެވެ.



މި ހަތަރު މީހުން ވަނީ އޭބީސީޑީގެ ފުރަތަމަ ބައިން އަދި ދެވަނަ ބައިން ވެސް ފެނިފަ އެވެ. މި ފަންނާނުންގެ އިތުރުން ފިލްމުގައި ދެވަނަ ލީޑު ރޯލަކުން ނޯރާ ފަތޭހީ ވެސް ފެނިގެންދާނެ އެވެ. އަދި ބޮލީވުޑަށް އަލަށް ތައާރަފުވާ ސަކްތީ މޯހަން ވެސް ފެނިގެންދާނެ އެވެ.



ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިލްމަށް "އޭބީސީޑީ 3" ނުކީ ނަމަވެސް އެއީ ޑާންސް ސީރީޒް "އޭބީސީޑީ"ގެ ތިންވަނަ ބައެވެ.

75%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް