ads
އެމްޓީސީސީގެ
އެމްޓީސީސީން "އޮޑިވެރިޔާ ފޯރަމް"ގެ ނަމުގައި ފޯރަމެއް ބާއްވައިފި
2021 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކ.ގާފަރުގައި "އޮޑިވެރިޔާ ފޯރަމް" ގެ ނަމުގައި ފޯރަމްއެއް މަސްވެރިންނަށާއި އަދި އޮޑިވެރީންނަށް ހާއްސަކޮށްގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ) އިން މިއަދު ބާއްވައިފިއެވެ.

މިފަދަ ފޯރަމްއެއް ބޭއްވުމުގެ މައިގަނޑު އެއް މަގްސަދަކީ އެ ކުންފުނިން ވިއްކާ މެރިން ދާއިރާއާއި ގުޅުންހުރި މުދަލާއި ހިދުމަތްތަކާއި އަދި ބޯޓުޔާޑުން ލިބޭ ހިދުމަތްތަކުގެ މަޢުލޫމާތު މި ދާއިރާގެ ވިހާވެސް ގިނަ ބައިވެރިންނަށް ހިއްސާކޮށް، މި ދާއިރާއިން އެމްޓީސީސީން ހޯދާފައިވާ އިތުބާރު ދެމެހެއްޓުން ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

your imageއެމްޓީސީސީގެ "އޮޑިވެރިޔާ ފޯރަމް" -- ފޮޓޯ: އެމްޓީސީސީ

މިއަދު ހަވީރު ކުރިއަށްދިޔަ މިފޯރަމްގައި، އެމްޓީސީސީގެ ބޯޓުޔާޑުގެ އިތުރުން ކަށަވަރުގެ ހިދުމަތްތަކާއި ބެހޭގޮތުން އެ ކުންފުނީގެ އިންޖިނިއަރިންގް އަދި ޓްރޭޑިންގް ޑިވިޝަންގެ 6 މެންބަރުން ހިމެނޭހެން، ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފަފައެވެ. އެގޮތުން ޔަންމާ އިންބޯޑް އިންޖީނު، ސުޒުކީ އައުޓްބޯޑް އިންޖީނު، ކާސްޓްރޯލްއަޑީތެޔޮ، ޕީޕީޖީ ޕްރޮޓެކްޓިވް މެރިން ކޯޓިންގް، އަދި އެމްޓީސީސީގެ ބޯޓު ޔާޑުން ދޭ ޑޮކިންގް، އިންޖިނޭރިންގް، ވެލްޑިންގ، މެޓަލް ފެބްރިކޭޝަން، ފައިބާ އަދި ވަޑާމުގެ ހިދުމަތްތަކުގެ މައުލޫމާތުވެސް މި ފޯރަމްގައިވަނީ ހިއްސާކޮށްފައެވެ. އެމްޓީސީސީގެ އަމާޒަކީ މެރިން ދާއިރާއަށް ބޭނުންވާ ހުރިހާ މުދަލަކާއި ހިދުމަތެއްގެ ހައްލު އެއް ފުރާޅެއްގެ ދަށުން އޮޑިވެރީންނާއި، މަސްވެރީންނަށް ިލބޭނެ މަގުފަހިކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.

your imageއެމްޓީސީސީގެ "އޮޑިވެރިޔާ ފޯރަމް" -- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ރައްޔިތުންނާއި ގާތުން ހިދުމަތްތައް ފޯރުކޮށްދީ، އެ ކުންފުނީގެ ހިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް