ޝާއިރު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ މަސައްކަތްތަކަށް ވަގުތު ދެއްވުމުގެ ގޮތުން ކަމަށް އެނގިފައިވެ އެވެ.
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން ޝާއިރު އިސްތިއުފާ ދެއްވާފައި މިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން ޝާހް އެމްޑަބްލިއުއެސްސީއަށް ބަދަލުކޮށް، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާދަމް އާޒިމް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް އިއްޔެ ބަދަލުކޮށްފައި ވަނިކޮށެެވެ.
ޝާއިރަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.