ads
ގާފަރު ޕޮލިސް ޕޯސްޓު ހުޅުވުން..ފޮޓޯ/ފުލުހުން
ގާފަރަށް ފުލުހުންގެ ހިދުމަތް ފަހިވެއްޖެ
ކ.ގާފަރަށް ފުލުހުންގެ ހިދުމަތް ފަހިވެ އެރަށުގައި ގާއިމް ކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިފިއެވެ.

ގާފަރު ޕޮލިސް ޕޯސްޓު މިއަދު ރަސްމީކޮށް ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. 

އެކަމަށްޓަކައި އެރަށުގައި ބޭޢްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ދިވެހިންނަކީ ފެށުނީއްސުރެ އެކުވެރި އެއްބައިވަންތަ ބައެއް ކަމަށާއި ދިވެހިންގެ ތެރޭގައި އޮންނަ ގާތް ކަމާއި ސުލުހަވެރިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ފުލުހުންނާ އެކު މަސައްކަތް ކުރެވޭ ގޮތަށް ހަމަޖެހިގެން ދިއުމަކީ ދިވެހިންނަށް ލިބޭ ބޮޑު ނަސީބެއް ކަމަށެވެ. 

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ރަށްރަށުގައި ކުށް މަދުކޮށް ރަށުގެ އަމަން އަމާންކަން ދެމެހެއްޓުމަށް ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ގޮތަށް، 2023ގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ.

މި ފަހުން ރާއްޖޭގެ ގިނަ ރަށް ރަށުގައި ފުލުހުންގެ ހިދުމަތްދީ ހަދަމުން ދިޔަ ޕޮލިސް ޕޯސްޓުތަކުގެ މަސައްކަތް ނިންމާ ރަސްމީކޮށް ވަނީ ހުޅުވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް