ads
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައިސް އަހުމަދު އަކްރަމް---ފޮޓޯ: ރާއްޖެއެމްވީ
ﷲ ގަންދީ ހުވާކުރަން، އިންތިހާބުގެ ނަތީޖާއަށް ބަދަލެއް ނުގެނޭ: އަކްރަމް
2018 ވަނަ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި، ނަތީޖާ ގެނެސްދީފައިވަނީ ރައްޔިތުން ވޯޓުލީ ގޮތަށް ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.
Advertisement

އަކްރަމް މިހެން ވިދާޅުވެފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮތީވަރަށް ބޮޑަށް އޮޅުވާލާފައިކަމަށް ރައީސް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. 

އަކްރަމްގެ ޓްވީޓުގައި ވަނީ އެ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ގެނެސްދީފައިވަނީ އެއްވެސް އޮޅުވާލުމެއްގެ ތެރެއިއިން ނޫން ކަމަށާއި އަދި ނަތީޖާއަށް އެއްވެސް ބަދަލެއްވެސް ނުގެންނަ ކަމަށެވެ. އަދި ދުލާއި ގަލަމުގެ ބޭނުން ތެދު ގޮތުގައި ނޫނީ ނުހިފުމަށް އެދޭ ކަމަށެެވެ. 

" އަނެއްކާވެސް  2018  ގެ  ރިޔާސީ  އިންތިހާބުގެ  ވާހަކަ  ތަކެވެ. ﷲ  ގަންދީ  ބުނަމެވެ. އެއިންތިހާބުގެ ނަތީޖާ  ރައްޔިތުންނަށް  ފޯރުކޮށްދިނީ   ބަދަލުކުރުމަކާއިނުލާ، ރައްޔިތުން  ވޯޓުލީ  ގޮތަށެވެ. ދުލާއި  ގަލަމުގެ  ބޭނުން  ތެދު  ގޮތުގައި  ނޫނީ  ނުހިފާށެވެ. ﷲގެ  އަޒާބައް  ބިރުވެތިވާށެވެ" އަކްރަމް ބުނެފައި ވެއެވެ. 

“ކޮތަރު ކޮށި” ނަމުގައި ކާނިވާ ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ވެރިކަން ބަދަލުވެގެން ދިޔަ ގޮތާއި އިންތިހާބު ބަދަލުވެގެން ދިޔަގޮތް ނޭނގޭނެ އެއްވެސް އިސް ވެރިޔަކު ނުހުންނާނެ ކަމަށެވެ. އަދި ދެން ޕީޕީއެމް ވެރިކަމަށް އަންނަ ދުވަހަކުން ރައްޔިތުންނަށް އެކަން އެނގޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރައްޔިތުން ނިކަމެތި ކޮށްލީ އަމާނާތެއް ހަވާލުކޮށް، ގާނޫނީ ހުވާތަކެއް ކޮށްގެން ތިބި ބައެއް ކަމަށެވެ. 

އެއީ އެމީހުންގެ ޒިންމާއިން އެއްކިބާވެ ތިބެގެން އަމިއްލަ ފައިދާއަށް ކުރި މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ. އަދި ދިވެހި ރާއްޖެ އަޅުވެތިކަމަށް ދިއުމުގެ ސަބަބަކީ ވެސް އެއީކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

21%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
68%
ވަރަށް ސަލާމް
ކޮމެންޓްސް