ޖޭއެސްސީއިން ޝަފީގުގެ ސުލޫކީ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ސެޕްޓެމްބަރު 29 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 74 ވަނަ ބައްދަލުވުމުގައެވެ.
އޭނާގެ މައްޗަށް ވަނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނާ ދެ ސުލޫކީ މައްސަލައެއް ތަހުގީގު ކޮށްފައެވެ.
އެ ދެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް ނިންމީ ތަހުގީގަށް ދ. މީދޫ ކޯޓުން ލިބުނު ލިޔުންތަކާއި ފަނޑިޔާރު ޝަފީގުގެ ސިއްހީ ހާލަތު ބަޔާންކޮށް އެ ކޮމިޝަނަށް ހުށަހެޅި ލިޔުންތަކަށް ރިއާޔަތްކޮށެވެ.
ރާއްޖޭގެ ކޯޓުތަކުގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުންގެ ގިނަ މައްސަލަތައް ދަނީ ފެންމަތި ވަމުންނެވެ. އަދި ބައެއް މައްސަލަ ތަކުގައި ތަހުގީގު ކުރެވި ބައެއް މެޖިސްޓްރޭޓުންގެ ވަޒީފާވެސް ވަނީ ގެއްލިފައެވެ.