ads
ޕީޕީއެމް ޕީއެންސީ ކޯލިޝަން
އިންތިޚާބު ވަގަށް ނަގާފައިވާ ކަމަށްބުނެ ތަހުގީގެއް ކުރުމަށް އިދިކޮޅުން ގޮވާލައިފި
2018 ވަނައަހަރުގެ އިންތިހާބު ވަގަށް ނަގާފައިވަ ކަމަށް ބުނެ، ފުރިހަމަ ތަހުގީގެއް ކުރުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިނިވަން މުއައްސަސާ ތަކަށް ގޮވާލައިފިއެވެ.
Advertisement

މިކަމާ ގުޅިގެން އެކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުވަނުމަށާއި، ރައްޔިތުންގެ މަސްލަހަތު ހިމެނޭ މިފަދަ ކަންކަމުގައި މިނިވަން މުއައްސަސާތަކުގެ ދައުރު ފުރިހަމައަށް އަދާކުރުމަށް ގޮވާލާ ކަމަށެވެ.

ކުރިންވެސް އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނަމުންއަންނަ އެކޯލިޝަނުން ބުނީ 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު އޮޅުވާލައި، ވަގަށް ނަގާފައިވާ ކަން އެނގޭފަދަ އެތައް ކަމެއް ހިމެނޭ ރިޕޯޓެއް އިއްޔެގެ ވަގުތެއްގައި ލީކުވެ ޢާންމުވެފައިވާއިރު، އެ ރިޕޯޓުގައި ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑެތި ކަންކަން ހުރިކަން ފާހަގަ ކުރވޭ ކަމަށެވެ.

އިދިކޮޅުން ބުނީ މުޅި އިންތިޚާބުގައި ކަންހިގާފައިވާ ގޮތްތަކާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތައްޔާރު ކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލާލުމުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ނަގަމުން ދިޔަ އިރާއި، ވޯޓު ނަގާ ނިމި ނަތީޖާތައް ހަދަމުން ދިޔަ އިރު އިންތިހާއަށް ނުފޫޒު ފޯރުވާފައިވާ ކަން ވަރަށް ބޮޑަށް ވަނީ ހާމަވެގެން ގޮސްފައި ކަމަށެވެ. 

ހަމައެއާއެކު އިންތިޚާބަށް އޮފިޝަލުން ނަގާފައިވަނީވެސް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމާއި، އިންތިޚާބުގެ މަސައްކަތަކުގެ ތެރޭގައި އިންތިޚާބު އޮޅުވާލުމުގެ އެތައް ޢަމަލެއް ހިނގާފައިވާކަން ވެސް ހާމަވެފައިވާ ކަމަށް ބުނެފައިވއެވެ.
ބޭރުގެ ފަރާތްތަކަކާއި ގުޅިގެން މިހާރު ވެރިކަމުގައި ތިބި ކޯލިޝަނުން އެ އިންތިޚާބު ވަގަށް ނަގާފައިވާކަން އެޕާޓީން ކުރިންވެސް އަންނަނީ ބުނަމުންނެވެ. އަދި މިކަމާއި ގުޅޭ ފުރިހަމަ ތަޙުޤީޤެއް މިހާރުން މިހާރަށް ހިންގުމަށް ކަމާ ބެހޭ އެންމެހާ މުއައްސާތަކަށް އިދޮޅު ކޯލިޝަނުން ގޮވާލައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް