ads
ރަސްމާދޫގައި ތަރައްގީ ކުރަމުން އަންނަ ބަނދަރު…ފޮޓޯ/އެމްޓީސީސީ
ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ ބޮޑުބައެއް ނިމިއްޖެ
ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ.

އެ މަަސައްކަތް ކުރަމުން ގެންދާ ކުންފުނި އެމްޓީސީސީން ބުނީ، މިހާރު އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށެވެ. 

މަސައްކަތުގެ 74 އިންސައްތަ މިހާރު ނިމިފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އިތުރަށް ބުނީ، މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނޭ ކަމަށެވެ. 

އޭގެ އިތުރުން  600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއު އަކީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކޮށްލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް