އެގޮތުން ސަޕޯޓަރަކު މިވަނީ ޝާހުގެ މުމްބާއީގައި ހުންނަ "މަންނަތު" ގެއިން ކޮޓަރިއެއް ކުއްޔަށް ލިބޭނީ ކިހާ ވަރަކަށްތޯ ސުވާލުކޮށްފަ އެވެ.
ޖަވާބުގައި ޝާހު ބުނީ އެތަނުން ކޮޓަރިއެއް ކުއްޔަށް ލިބޭނީ ގަދަ އަޅާއި 30 އަހަރެއްހާ ދުވަހު މަސައްކަތްކޮށްގެން ކަމަށެވެ.
މޫދު ފެންނަ ހިސާބުގައި ހުންނަ އެ ގޭގެ އަގު އުޅެނީ 200 ކްރޯޑް ރުޕީސްގަ އެވެ. ޝާހު ކުރިން ބުނި ގޮތުގައި އެ ގެއަކީ އޭނާގެ އަތުގައި އޮތް އެންމެ އަގު ބޮޑު އެއް މުދަލެވެ.
އުމުރުން 54 އަހަރުގެ ޝާހު ބުނާ ގޮތުގައި އޭނާ އެންމެ ފުރަތަމަ މުމްބާއީއަށް އާއިލާއެކު ގޮސް އުޅުނީ ވަރަށް ހާލުގަ އެވެ. ނަމަވެސް ފިލްމީ ދާއިރާގައި ނަން ވިދާލާ އޭނާގެ ދިރިއުޅުން ބަދަލުވީ އެވެ.