ads
ހިޔާ ޔޫނިއަންގެ ހިންގާ ކޮމިޓީ
ހިޔާ ޔޫނިއަންގެ އިފްތިތާހީ ޖަލްސާ ބާއްވައިފި
ހިޔާޔޫނިއަންގެ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިހާބުކޮށް ޖަމިއްޔާގެ އިފްތިތާހީ ޖަލްސާ ބާއްވައިފި އެވެ.
Advertisement

ހިޔާ ޔޫނިއަންގެ ރައީސް ކަމުގެ މަޤާމަށް އަބްދުﷲ އަމްޒަލް ރަޝީދު / ހ. އަލިނަރުމާގެ ކ. މާލެ، ހޮވާފައިވާއިރު ނައިބު ރައީސް ކަމުގެ މަޤާމަށް އިންތިހާބުވީ އަހުމަދު ޝަމާލް / މ.އަސަލް ކ.މާލެ އެވެ. އަދި ޖެނެރަލް ސެކްރެޓަރީ ކަމުގެ މަޤާމަށް ހޮވުނީ އިބްރާހިމް ނިޔާޒު / ކާނޭޝަންވިލާ ވ. ފެލިދޫ އެވެ.

އޭގެ އިތުރުން ހިންގާ ކޮމެޓީގައި ހިމެނޭ އިތުރު މަގާމުތައް ކަމަށްވާ ޑިރެކްޓަރ އޮފް ޕުްލޭނިން އެންޑް ޑިވެލޮޕްމަންޓުގެ މަޤާމަށް އިބްރާހިމް ޢިއްޒަތު / މއ. ފަންވަރު ކ. މާލެ، ހޮވި އިރު ޑިރެކްޓަ އޮފް ޔޫތު އެމްޕަވަރމަންޓް  ކަމުގެ މަޤާމަށް ހޮވިފައިވަނީ އަބުދުﷲ ހަސަން / މއ. ފިއްލަދޫގެ ކ. މާލެ އެވެ. އަދި ޑިރެކްޓަ އޮފް ވިމެން އެންޑް ޗިލްޑްރެންސް ރައިޓް ކަމުގެ މަޤާމަށް ނަސްރީނާ މުޙައްމަދު ދީދީ / ދަފުތަރު-6763 ކ.މާލެ، ހޮވިފައިވާއިރު ޑިރެކްޓަ އޮފް ކޮމިއުނިޓީ އެމްޕަވަރމަންޓް ކަމުގެ މަޤާމަށް އުސްމާން އާމިރު / ޖާފާނުގެ ބ. ތުޅާދޫ  އަދި ޑިރެކްޓަ އޮފް އެންވަޔަރަމަންޓް އެންޑް އައި.ސީ.ޓީގެ މަޤާމަށް ހަސަން ޝާހީން / މއ.ސަވާހެލި ކ. މާލެ ވަނީހޮވިފައެވެ. ޕަބްލިކް ރިލޭޝަންސް އޮފިސަރުގެ މަޤާމަށް ފާތިމަތު ނިޝާނާ / ސުވެސްމޫން ހއ. އިހަވަންދޫ ހޮވުނުއިރު ފައިނަންސް އޮފިސަރގެ މަޤާމަށް ހޮވިފައިވަނީ ޢަބުދުއް ސައްތާރު ހުސެއިން  / ހ.ހަންޑްރެޑް ފްލާވަރ ކ.މާލެ އެވެ. މީގެ އިތުރުން އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަޤާމަށް ހޮވިފައިވަނީ އާމިނަތު ޝަމްޢޫނާ / މ.ވެންކޫވަރ ކ. މާލެ އެވެ.

މިޖަލްސާގައި ޖަމްޔިއްޔާގެ ރައީސްގެ އިތުރުން ޖެނެރަލް ސެކެޓްރީ ވެސްވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސްގެ ވާހަކަފުޅުން ހިޔާ ޔޫނިއަން އުފެދިގެން އައިގޮތް އަދި ހިޔާ ޔޫނިއަންގެ ތަސައްވުރު ވަނީ ބަޔާންކޮށްދެއްވާފައެވެ. އަދި ޖަމްޔިއްޔާގެ މަސައްކަތް ހިނގާ ދިޔަ ގޮތުގެ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައެވެ.  

ހިޔާ ޔޫނިއަންއަކީ ހިޔާފުލެޓު ލިބިލެއްވިފަރާތެއްގެ އިސްނެގުމަކުންއުފެދިގެންދިޔަ ވައިބަރ ކޮމިއުނިޓީގެ ތެރެއިން އުފަންވި ޖަމްއިއްޔާއެކެވެ. މިޖަމްއިއްޔާއިން ދަނީހިޔާ ސަހަރުގައި ދިރިއުޅޭ ފަރާތްތަކަށް ފަރުދީގޮތުންނާއި އިޖުތިމާޢީގޮތުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދީ މިމައްސަލަތަށް ކަމާގުޅުންހުރި ވުޒާރާތަކުގެ ސަމާލުކަމަށްގެނެސް އަޑުއުފުލާ ވަކާލާތު ކުރަމުންނެވެ.

9 ޑިސެމްބަރުގައި ދުވަހުގެ ރޭގަނޑު އަޙުމަދިއްޔާ އިންޓަރ ނޭޝަނަލް ސްކޫލްގައި ބޭއްވުނު މިޖަލްސާ، ކީރިތި ޤުރުއާނުގެ  މޫރިތި އާޔަތްތަކުން  ފައްޓަވައި ދެއްވީ ލޫތު އާދަމް/ ކަރަންކާގެ، ރ. ހުޅުއްދުއްފާރު  (ދަރިވަރެއް) އެވެ.  

33%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް