ads
ރައީސް މެރިން އެކްސްޕޯ އަށް ޒިޔާރަތްކުރެއްވުން.. ފޮޓޯ/ރައީސް އޮފީސް
ރައީސް މެރިން އެކްސްޕޯ 2021 ބައްލަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު "މޯލްޑިވްސް މެރިން އެކްސްޕޯ 2021" އަށް ޒިޔާރަތް ކުރައްވައިފިއެވެ.

މި އެކްސްޕޯއަކީ ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މެރިން އެކްސްޕޯ އަށް ރައީސް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ އެންބީއޭއެމްގެ ރައީސް އަހުމަދު އަފްރާހް އެވެ. 

މި ޒިޔާރަތްކުރެއްވުމުގައި އެމަނިކުފާނު ވަނީ އެކްސްޕޯގެ ސްޓޯލްތައް ބައްލަވާލައްވާފައެވެ. އަދި އެކްސްޕޯގައި ދައްކާލާފައިވާ ބައެއް ތަކެތީގެ މައުލޫމާތުވެސް އެމަނިކުފާނު ވަނީ އައްސަވާފައެވެ. އޭގެ އިތުރުން ރައީސް ވަނީ އެވެއަނެސް ކެމްޕެއިންކަމަށްވާ "ލައިފް ޖެކެޓް ވެއަ އިޓް" މި އެކްސްޕޯގައި އިފްތިތާހު ކޮށްދެއްވާފައެވެ.

ހުޅުމާލެ ސެންޓަރަލް ޕާކުގައި މި ހިނގާ ޑިސެންބަރު 13 އިން 15 އަށް ކުރިއަށްދާ މި އެކްސްޕޯއަކީ މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ. 

މި އެކްސްޕޯގައި ރާއްޖޭގެ މެރިން އިންޑަސްޓްރީގެ ގިނަ ބާވަތްތަކެއް ދައްކާލާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މި އެކްސްޕޯގައި މެރިން ދާއިރާ އާ ގުޅުން ހުރި މުދަލާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ވެސް މި ދާއިރާގެ ގިނަ ބައިވެރިންނާ ހިއްސާ ކޮށްފައިވެއެވެ. 

މީގެ އިތުރުން މި އެކްސްޕޯގައި ބައިވެރިވި ބައެއް ކުންފުނިތަކުން ވަނީ އަލަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ބައެއް ތަކެތި ދައްކާލައި އެ ތަކެއްޗާއި ބޭހޭގޮތުން ބައިވެރިންނާއި މައުލޫމާތު ހިއްސާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް