ads
ޝަލަބީ..ފޮޓޯ/ފޭސްބުކް
ޝަލަބީގެ "އޯ ނަދާ" ވަރަށް ހިތްގައިމު! އަޑު އަހައިފިންތަ؟
މޯލްޑިވިއަން އައިޑަލް ސީޒަން އެކަކުން ވިދާލީ ޝަލަބީ އިބްރާހިމް ގެ އާ ކަވާ "އޯ ނަދާ" އަށް ތަރުހީބު އޮހެން ފަށައިފިއެވެ.

ފޭނުންގެ އެދުމަކަށް ޝަލަބީގެ އަޑުން ކިޔާ ދޫކޮށްލި އެ ލަވަ ސައުންޑް ކުލައުޑްގައި މިހާރު އަންނަނީ ރަސްކަން ކުރަމުންނޭ ވެސް ބުނެވިދާނެއެވެ.

"އޯ ނަދާ" ރިލީޒްކުރިތާ ތިން ވަރަކަށް ދުވަސް ވީއިރު ކޮންމެ ދުވަހަކުވެސް އެ ލަވަ އެތައް ހާސް ބަޔަކު އަންނަނީ އަޑު އަހަމުންނެވެ.

ސީއެންއެމް އަށް ވާހަކަ ދައްކަމުން ޝަލަބީ ބުނީ، ލަވަ ރިލީޒް ކުރުމުން އެ ލަވަ އަޑު އެހުމަށް ފަހު ގިނަ ބަޔަކު ތައުރީފް ކުރަމުން އަންނަ ކަމަށެވެ.

"އެ ކަވާ އަކީ ފޭނުން އެންމެ ބޭނުންވެގެން އެންމެ އާދޭސް ކުރި އެއް ކަވާ. އެ ލަވަ އެންމެންނަށް ވެސް ވަރަށް ކަމުގޮސްފި،" ޝަލަބީ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ޝަލަބީ ބުނީ، އެ ލަވައިގެ ވީޑިއޯ ނެރުމަށް ތައްޔާރު ވަމުން އަންނަ ކަމަށާއި މި މަހުގެ ތެރޭގައި ވީޑިއޯ ލަވަ ވެސް ދޫކޮށްލަން ވިސްނާފައިވާ ކަމަށެވެ.

"އޯ ނަދާ" ހުސައިން ތައުފީގު ކޮމްޕޯސް ކޮށްފައިވާ އިރު އެ ލަވަ އަށް ކުރިއަށް އޮތްތާ ވެސް ތަރުހީބު ބޮޑުވާނެ ކަމަށް ލަފާ ކުރެވެއެވެ.

ޝަލަބީ އަކީ އޭނާގެ ފޭނުންނަށް އަބަދުވެސް ރީތި ލަވަތައް ގެނެސްދެމުން އަންނަ ހުނަރުވެރިއެކެވެ. މިހާތަނަށް ގިނަ ކަވާ ތަކެއް ނެރެފައިވާ އިރު ޝަލަބީގެ އަޑުން ކިޔާ ނެރޭ މަދަހަ ވެސް މަދެއް ނޫނެވެ.

55%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް