ads
ނޯރާ މާމެޑް ހެދުމުގައި...
ނޯރާ މާމެޑަކަށް! އެ ހެދުމުގައި އޮންނަން އޭނާއަށްވީ ބޮޑު ވޭނަކަށް
ދެހާސް އަށާރަވަން އަހަރު ނެރުނު ބޮލީވުޑް ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގައި ހިމެނޭ އައިޓަމް ސޯންގް "ދިލްބަރް" ލަވައިން ބެލުންތެރިންގެ މެދުގައި މަޝްހޫރު ވެގެންދިޔަ ނެށުންތެރިޔާ ނޯރާ ފަތެހީގެ ކުރިއަށް އޮތް ލަވައިގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.
Advertisement

ނޯރާ އެ ލަވައިގައި ފެންނާނީ މާމެޑެއްގެ ގޮތުގައެވެ. ރީތި ފެންގަނޑެއްގެ ތެރޭގައި މާމެޑް ހެދުމެއް ލައިގެން ނޯރާ އޮންނަ ފޮޓޯތަކެއް އޭނާ ވަނީ އިންސްޓާގްރާމް މެދުވެރިކޮށް ފޭނުންނަށް ދައްކާލާފަ އެވެ.

ގިނަ ބަޔަކަށް އެ ފޮޓޯތައް ކަމުގޮސް ޝެއާ ކުރަމުން އަންނަ އިރު ނޯރާ ވަނީ އެ ސޫޓާ ބެހޭގޮތުން ބޭރުގެ ބައެއް މީޑިއާތަކަށް ވާހަކަ ދައްކާފައެވެ.

އެގޮތުން ނޯރާ ބުނެފައިވާ ގޮތުގައި މާމެޑް ހެދުމެއްލުމަކީ ކުޑަ އިރުގެވެސް ހުވަފެނެކެވެ. އެހެން ނަމަވެސް އެ މަންޒަރު ނަގަން ހޭދަ ކުރީ އުނދަގޫ ވަގުތު ތަކެއް ކަމުގައި ނޯރާ ބުނެފައިވެއެވެ.

ފިޔާތޮށި ކުލަ ހިމެނޭ ގޮތަށް ޖަރީކޮށްފައިވާ މާމެޑް ހެދުމުގައި ގިނަ އިރުތަކެއް ވަންދެން އޮންނަން ޖެހުމުން ގައިގައި ރިއްސި ކަމަށާއި އެ ހެދުން ލައިގެން އޮވެ އަމިއްލަ ހާލަށް ހަރަކާތް ކުރަން ވެސް ދަތިވި ކަމަށް ނޯރާ ބުނެފައިއެވެ.

ނަން އަދި ހާމަކޮށްފައި ނުވާ އެ ލަވައިގެ ޝޫޓިންގައި މާމެޑް ހެދުމުގައި ޝޫޓް ކުރި މަންޒަރުގެ ވާހަކަ ހިއްސާ ކުރަމުން ނޯރާ އިތުރަށް ބުނެފައިވަނީ އެއީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ. އަދި ކުޑައިރުވެސް އަބަދު ބަލާ ކާޓޫން ކަމަށްވާ މާމެޑްގެ ކެރެކްޓާއެއް އޭނާ އަށް ދައްކާލަން ލިބުމަކީ އުފާވާ ކަމެއް ކަމަށް ނޯރާ ވަނީ ބުނެފައެވެ.

ނޯރާގެ އެ ލަވައަކީ ލަވަކިޔުންތެރިޔާ ގުރޫ ރާންދުވާ އާއި ޒަހްރަހް އެސް ހާން ކިޔާފައިވާ އެ ލަވަ ކޮމްޕޯޒް ކޮށްފައިވަނީ މަޝްހޫރު ތާނިޝްކް ބަގްޗީ އެވެ. އެލަވަ އާންމު ކުރާނެ ތާރީހު އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ.

ނޯރާ އާއި ގްރޫ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަކެއް ވެސް މިފަހުން ވަނީ ގަދަވެފައެވެ. އެދެމީހުން އެކުގައި ޗުއްޓީ ހޭދަކޮށް ބީޗެއްގައި ވަރަށް ކެޝުއަލްކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ. ނަމަވެސް އެކަމާއި ގުޅިގެން ރަސްމީ ބަހެއް ދެ ފަންނާނުން ވެސް ބުނެފައެއް ނުވެއެވެ.

38%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް